ކަރަންޓްބިލް ބޮޑުވެ ކެނދިކުޅުދޫގައި މުޒާހަރާ ކުރަނީ

ނ.ކެނދިކުޅުދޫގެ ގޭގޭގެ ކަރަންޓް ބިލް ބޮޑުވެގެން އެ ރަށުގައި މުޒާހަރާ ކުރަމުން އެބަދެއެވެ.
މުޒާހަރާގެ ބައިވެރިއަކު "ދެން" އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ އެ މީހުންގެ މައިގަނޑު ކަންބޮޑުވުމަކީ އެނަރޖީ އޮތޯރިޓީން އޮންނަ މިންގަނޑަށް ކަރަންޓް ނުދެވި ، ފެނަކައިގެ އިހުމާލުން ބިލް ބޮޑުވާތީ ކަމަށެވެ.
"އެނަރޖީ އޮތޯރިޓީން މި އޮންނަނީ 220 ވޯޓްގެ ކަރަންޓް ގޭގެއަށް ލިބެން ޖެހޭނެ ކަމަށް ، އެހެން ނަމަވެސް މި ލިބެނީ 140 ވޯޓް ، ލިބެންޖެހޭ މިންވަރަށް ނުލިބިި ބިލް ކުރާތީ މި ބޮޑު ވަނީ" އޭނާ ބުންޏެވެ.
އޭނާ ބުނީ "ވޯލްޓޭޖް ޑްރޮޕް"ވާތީ މި މައްސަލައިގައި މީގެ ކުރީން ވެސް ފެނަކައާ މަޝްވަރާ ކުރެވިފައިވާ ކަމަށާއި އަދި ރޯދަ މަހުގެ ކުރީން މައްސަލަ ޙައްލު ކޮށްދެއްވާނެ ކަމަށް ފެނަކައިން ވެސް އޭރު ވިދާޅުވެފައިވާ ކަމަށެވެ.

ކެނދިކުޅުދޫ ފެނަކަ ބްރާންޗްކައިރީގައި ކުރަމުންދާ މި މުޒާހަރާގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެއެވެ.