Tuesday, 3 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކަނޑުހުޅުދޫން ކޮވިޑް-19އަށް މީހަކު ފައްސިވެއްޖެ

ގއ.ކަނޑުހުޅުދޫ ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ކަނޑުހުޅުދޫ ހެލްތު ސެންޓަރުން "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ރަށުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ފައްސިވެފައި ވާ ކަމަށާއި އެ މީހާއާ ގާތުން ބައްދަލުވި މީހަކު ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި ބަލަން ޖެހޭ ކަންތައްތައް އިތުރަށް ބަލަމުންދާ ކަމަށް ކަނޑުހުޅުދޫ ހެލްތު ސެންޓަރުން ވިދާޅުވިއެވެ.

މީގެ ކުރިން ވެސް އެ ރަށުން ވަނީ ކޮވިޑް-19ގެ ކޭސްތަކެއް ފެނިފައެވެ. މިއީ އެ ރަށުން ފައްސިވި 4 ވަނަ މީހާއެވެ.

Advertisement
Ooredoo — Square (box)

ރާއްޖޭގައި މިފަހަކަށް އައިސް އަނެއްކާ ވެސް ކޮވިޑް-19 އަށް ފައްސިވާ އަދަދުތައް ދަނީ އިތުރުވަމުންނެވެ. އެހެންކަމުން އަދަދުތައް ކޮންޓްރޯލް ކުރުމުގެ ގޮތުން ރައީސް އޮފީހާއި އެޗްޕީއޭ ގުޅިގެން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ.

މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 32،665 މީހުން ފައްސި ވެފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް