ޚަބަރު

އޮޅިގެން މޭޒުމަތީގައި ދިވެހި ޕޭޕަރު ބޭއްވުނު ކަމުގައިވިޔަސް، ދަރިވަރުން އެ ޕޭޕަރު ކިޔުމުގެ ކުރިން އަތުލިން: ޑީޕީއީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިސްލާމް ޕޭޕަރު 1 ގެ ބަދަލުގައި އިންވިޖިލޭޓަރަކަށް "އޮޅިގެން" ، މާދަމާ އޮންނަ ދިވެހި ކަރުދާސް 1، ގާޒީ ސްކޫލުގެ ދެ ދަރިވަރެއްގެ މޭޒުމަތީގައި ބޭއްވުނު ކަމުގައިވިޔަސް، އެ އިމްތިހާނު ޕޭޕަރު ދަރިވަރުން ކިޔުމުގެ ކުރިން ޕޭޕަރު އަތުލި ކަމަށް ރާއްޖޭގެ އިމްތިހާނުތަކާ ބެހޭ މަރުކަޒު ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސުން ވިދާޅުވެއްޖެއެވެ.

Ads by STELCO

މި މަހުގެ 3 ވަނަ ދުވަހު ބޭއްވި އިސްލާމް އިމްތިހާނުގައި، ގާޒީ ސްކޫލުން "އޮޅިގެން" ދިވެހި ޕޭޕަރު ބަހައިލި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެކަން މާލެ ސިޓީގެ އިންތިހާބީ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ އާންމުންގެ ސަމާލު ކަމަށް ގެނެސްފައެވެ.

މިކަމާ ގުޅޭގޮތުން ޑީޕީއީން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އިސްލާމް ޕޭޕަރު 1 ގެ އިމްތިހާނު އޮތް ދުވަހު އިންވިޖިލޭޓަރަށް އޮޅިގެން، މާދަމާ އޮންނަ ދިވެހި ކަރުދާސް 1 ގާޒީ ސްކޫލުގެ ދެ ދަރިވަރެއްގެ މޭޒުމަތީގައި ބޭއްވުނު ކަމުގައި ވިޔަސް، އެ އިމްތިހާނު ޕޭޕަރު ދަރިވަރުން ކިޔުމުގެ ކުރިން ޕޭޕަރު އަތުލި ކަމަށާއި ޑީޕީއީގެ އިރުޝާދުގެ ދަށުން އެ ސުވާލު ކަރުދާސްތައް ބަންދު ކުރެވި ރައްކާތެރި ކޮޓަރީގައި ރައްކާ ކުރެވިފައިވާ ކަމަށެވެ.

އެދުވަހު ކަން ހިނގައި ދިޔަ ގޮތް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސުން ބެލި ބެލުމުން އެއްވެސް ދަރިވަރަކަށް އަދި އިންވިޖިލޭޓަރަކަށް ވެސް ދިވެހި ޕޭޕަރު 1 ގެ ސުވާލުތައް ފެނިފައި ނުވާކަން ކަށަވަރު ކުރެވޭތީ މިހާރު ވެސް ތާވަލު ކުރެވިފައިވާ ގޮތަށް ދިވެހި ކަރުދާސް 1، 8 މެއި 2021 ވާ ހޮނިހިރު ދުވަހު އޮންނާނެ ކަމަށް ޑީޕީއީގެ ބަޔާނުގައިވެއެވެ.

Ads by Allied Insurance
  1. ުގުއިއްޒު

    ުެސްކޫލުގަ އުޅުނު އިރު ޓެސްޓް ޕޭޕަރ ވަގަށްނެގި މީހެއްތަ މުއިއްޒަކީ؟