ޚަބަރު

ފީއަލީގެ ހާލަތު ގޯސް، އިތުރު 11 މީހުން ފައްސިވެ ޖުމުލަ އަދަދު 70 އަށް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ފ. ފީއަލިން ކޮވިޑް-19 އަށް އިތުރު 11 މީހަކު ފައްސިވެ އެ ރަށުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު 70 އަށް އަރައިފިއެވެ.

Ads by STELCO

ފީއަލީ ސިއްހީ މަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ، އިބްރާހިމް ނާސިމް “ދެން” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއަދު ފައްސިވި 11 މީހުންގެ ތެރޭގައި ހިމެނެނީ ހަވީރު ނަތީޖާ ލިބުނު ހަ ބޭފުޅަކާއި ރޭގަނޑު ނަތީޖާ ލިބުނު ފަސް ބޭފުޅެއް ކަމަށެވެ. އަދި މީގެ ތެރެއިން މިރޭ ފައްސިވި ފަސް މީހުންނަކީ ވެސް ބަލީގެ އަލާމާތްތައް ފެނިގެން ރަށު ފްލޫ ކްލިނިކަށް ދައްކާ ޓެސްޓު ކުރުމުން ފައްސިވެފައިވާ މީހުން ކަމަށް ވެސް ނާސިމް ވިދާޅުވިއެވެ.

ނާސިމް އިތުރަށް ވިދާޅުވީ އެ ރަށުގައި ކަރަންޓީނު ކުރެވިފައިވާ ޖުމްލަ ގެތަކުގެ އަދަދު ގާތްގަނޑަކަށް 50އަށް ވުރެ ގިނަ ވާނެ ކަމަށާއި، ރަށުގައި މިވަގުތު 61 އެކްޓިވް ކޭސް އެބަ އޮތް ކަމަށެވެ. އަދި 9 މީހަކު ރަނގަޅު ވެފައިވާ ކަން ވެސް ނާސިމް ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން ރަށުން ފައްސިވާ މީހުންގެ ފަރާތުން ރަނގަޅު މައުލޫމާތު ނުލިބޭކަން ފާހަގަކޮށް ނާސިމް ވިދާޅުވީ، އެންމެ ފަހުން ރަށުން ރެންޑަމް ސާމްޕަލް ނަގަން ފެށުމުން މުޖުތަމައަށް ފެތުރިފައިވާކަން އެނގުނު ކަމަށެވެ. އަދި މިއީ އެންމެ ފުރަތަމަ އެ ރަށުން ފައްސިވި ހަތަރު މީހުންގެ ފަރާތުން ފެތުރިފައިވާ ކަމެއް ކަމަށް ބެލެވޭ ކަމަށް ވެސް ނާސިމް ފާހަގަ ކުރެއްވިއެވެ.

  1. ނައްސި

    ފީއަލީގައި ވައިރަސް ފެތުރުނީ ކީއްވެ. މި ސުވާލަށް

    އެންމެ ފުރިހަމަ ޖަވާބެއް ދެވޭނީ ފީއަލީ ހޮސްޕިޓަލްގެ އެންމެ އިސްވެރިންނަށް. ފްރޮންޓްލައިންގަ އުޅޭ މީހުންއައް ތއް

    • ސުންކު

      ފީއަލީގައި ހޮސްޕިޓަލްއެއް ނުހުރޭ

  2. މުކައްބަ

    އިބުރާހިމް ނަސީމް ތިމާމެންގެ މޮޅުކަމުގެ ވާހަކަ ދައްކާލމާ ހިގާ ފީއަލީ އައް ކޮއިޑު ގެނައީ ކަލޭގެ އެއްބަންޑު އެއްބަފާ ކޮއްކޮ ނާޒިމް އިންޑި އާއިން އައި އިރުވެން އަލާމާތް ފެންނަން ހުރި މަރުކަޒުގެ މުއައްޒިފެއް އަދި ނާޒިމްގެ ލޯބިވެރިޔާ ކަމައް ވާ ނަދީމާ ހުސެން މިވެސް މަރުކަޒުގެ މޯ ޒިފެއް ދެންއޮތީ ނާޒިމްގެ އަންހެނިން ސާހިލާ އައް ކޮއިޑު ޖެހުނީ ކިހިނެއްތޯ ނާޒިމް ކަރަން ޓީނުގާ ހުރިގެއައް ވަނުމުން ދެންއޮތީ މިފަހަރު ކައުންސިލް މެންބަރު ރާނިޔާ އެމްޑީޕީ މެންބރު ބަލިހުރިކަމައް ސައްކު ކުރެވި ހުރިހާ އަލާމާތެއް ފެނިގެން ސާންޕަލުނަގައި ނަތީޖާ ނުލިބި އޮއްވާ ވޮލީމުބާރާތް ކުޅޭ ތަނައްގޮސް ގިނައަދަދެއް ގެބަޔަކާ ބައްދަލުކޮއް ކޮއިޑު ޖައްސައި ފައި ވާކަން ފާހަގަ ކޮއްލަމެވެ