Tuesday, 3 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މިފަހަރު ޢީދު ނަމާދު ކުރުން ގައިދުރު ކަމާއެކު މިސްކިތްތަކުގައި، ބޮޑު ޖަމާޢަތް ހެދުމެއް ނެތް

މިފަހަރު ޢީދު ނަމާދު ކުރުން ގައިދުރު ކަމާއެކު މިސްކިތްތަކުގައި، ބޮޑު ޖަމާޢަތް ހެދުމެއް ނެތް

ކޮވިޑް-19 ގެ ހާލަތު މާލޭގައި އިންތިހާއަށް ގޯސް ވެފައިވާތީ މިއަހަރުގެ ފިތުރު ޢީދު ނަމާދު ބޮޑު ޖަމާއަތުގައި ނޯންނާނެ ކަމަށާއި ނަމާދު ކުރާނީ ގައިދުރުކަމާ އެކު މިސްކިތުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން ވިދާޅުވެފައި ވަނީ މޮނީޓަރިންގެ ހާލަތުގައި ނެތް ރަށްރަށުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިނާ އެއްގޮތަށް ޖަމާއަތުގައި ޢީދު ނަމާދު ކުރާނެ ކަމަށެވެ.

މިދިޔަ އަހަރު ރަށްރަށުގައި ޢީދު ނަމާދު ކުރި ނަމަވެސް، ކޮވިޑް-19 ގެ ހާލަތު ގޯސްވެފައިވާތީ ވަރަށް ގިނަ ރަށްތައް ހުރީ މޮނީޓަރިންގެ ހާލަތުގައެވެ. އަދި ބައެއް ރަށްރަށުގައި ކާފިއު ވެސް ވަނީ އިއުލާނު ކޮށްފައެވެ. އެހެންކަމުން މި އަހަރު ބައެއް ރަށްރަށުގައި މިސްކިތްތަކުގައި ވެސް ޢީދު ނަމާދު ނުކުރާނެއެވެ.

Advertisement
HDC — Sidebar (box)

އިލްމުވެރިން ވިދާޅުވާ ގޮތުގައި ސުންނަތްކަން ގަދަވެގެންވާ ޢީދު ނަމާދު ބައެއް ހާލަތްތަކުގައި ގޭގައި ވެސް ކުރެވޭނެއެވެ.

ނިމިދިޔަ 2020 ވަނަ އަހަރު ފިތުރު ޢީދުގެ ދުވަސްވަރު މާލެ ސަރަޙައްދު ލޮކްޑައުން ކޮށްފައިވުމުން، އެ އަހަރު މާލެ ސަރަޙައްދުގެ މިސްކިތްތަކުގައި ވެސް ޢީދު ނަމާދު ނުކުރެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް