ޚަބަރު

އައްޑޫ އަދި ފުވައްމުލަކުގައި ކޮވިޑް-19 ކޮންޓްރޯލް ކުރަން 10 ގަޑިއިރުގެ ކާފިއުއެއް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި 10 ގަޑިއިރު ކާފިއު ހިންގަން ފަށައިފިއެވެ.

Ads by MWSC

ހެލްތް ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ) މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް، މި ދެ ސިޓީގައި ހަވީރު 18:00 އިން ފެށިގެން ފަތިހު 4:00 އަށް ކާފިއު ހިންގަން ނިންމައިފައިވާ ކަމަށެވެ. މިވަގުތު ތަކުގައި ބޭރަށް ނިކުމެ އުޅުމާއި އެއްގަމު އުޅަނދު ދުއްވުން މަނާވާނެއެވެ. ކާފިއު ވަގުތުތަކަށް ބަދަލު ގެނައުމަށް ހަމަޖެހިފައި ވަނީ، މާދަމާއިން ފެށިގެންނެވެ. މީގެ ކުރިން މި ދެ ސިޓީގައި ކާފިއު ހިންގަމުން އައީ ރޭގަނޑު 21:00 އިން ފަތިހު 4:00 އަށެވެ.

ކާފިއުގެ އިތުރުން މި ދެ ސިޓީގައި އިތުރު ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ. މިގޮތުން، އައްޑޫސިޓީގެ އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމާއި ފުވައްމުލަކުގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރު ކުރުން ހުއްޓައިލުމަށް އަންގައި އެއް ގެއިން އަނެއް ގެއަށް ދިއުން ވެސް ވަނީ މަނާ ކޮށްފައެވެ. މީގެ އިތުރުން ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމަށް އަންގައި އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނަމީހުން، މަގުމައްޗާއި އާންމު ތަންތާގައި އެއްވެއުޅުން ހުއްޓައިލުމާއި، ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަން ބަންދުކުރަން ވެސް ވަނީ އަންގައިފައެވެ.

އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި ކޮވިޑް-19 ކޭސްތަކެއް ފެނި އެ ދެ ސިޓީ ވެސް އޮތީ މޮނިޓަރިންގގެ ހާލަތުގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!