ޚަބަރު

ހއ. އިން ފެށިގެން ޅ. އަތޮޅަށް އޮރެންޖު އިންޒާރު ނެރެފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް އޮރެންޖު އިންޒާރު ނެރެފިއެވެ.

Ads by Hajj Corporation

ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ބުނެފައިވާ ގޮތުގައި، މިއަދުގެ 15:15 އާއި 17:15 ދެމެދު ބޯކޮށް ވާރޭ ވެހި ފެންބޮޑު ވުން އެކަށީގެންވާ ކަމަށެވެ. އަދި ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދު ބާރު މިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރާއިރު، ވިލާގަނޑުގައިި ގަޑިިއަކު 60 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވެ ރާޅު އަރާނެ ކަމަށް ވެސް މެޓް އޮފީހުން ލަފާ ކުރެއެވެ.

މޫސުން ގޯސް ވުމުގެ ސަބަބުން މިއަދު ހއ. އިން ފެށިގެން ޅ. އަތޮޅާ ހަމައަށް މިއަދު ވަނީ ރީނދޫ ސަމާލު ވެސް ނެރެފައެވެ.

މެޓް އޮފީހުން ބުނީ މި ދުވަސްވަރަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވެސް މޫސުން ގޯސް ދުވަސްވަރަކަށް ވުމުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށާއި އެހެންކަމުން ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!