ރިޕޯޓް

ކުރިނބީ ޓީޗަރު މަރުވީ އެކަމަށް ކުރިއާލައި ތައްޔާރުވެގެން، ޓީޗަރުގެ މަރާ ގުޅޭ ގިނަ ވާހަކަތަކެއް!

ދެން އެމްވީ ، ދެން އޮންލައިން

ކުރިނބީ ސުކޫލުގައި ބައިލޮޖީ ކިޔަވައިދޭ އިންޑިއާގެ ޓީޗަރު ރިމިޔާ މިދިޔަ އަހަރު އެ ރަށަށް ދިޔައީ އޭނާގެ ފިރިމީހާއާއެކުގައެވެ. ފިރިމީހާ އެރަށުގައި އެއްވެސް މަސައްކަތެއް ނުކުރެއެވެ.

މިދިޔަ އަހަރުގެ ބޮޑު ޗުއްޓީއަށް ރަށަށް ދިޔުމަށް ފަހު ތައުލީމީ އައު އަހަރަށް ރެމްޔާ ކުރިންބަށް ދިޔައީ އެކަންޏެވެ. ފިރިމީހާ ، ވަޒީފާއަށް ދިޔައީ ފެލިވަރަށެވެ.

ވާރޭވެހި ވައިގަދަ އަދި ކަނޑުގަދަ އިރެއްގައި ރޭ ރިމިޔާ މަރުވީ މޫދަށް އެރި ގެނބިގެންނެވެ. ކުޅުދުއްފުށީގައި ތިއްބަވާ ފުލުހުން މިއަދު ވަނީ އޭނާގެ ހަށިގަނޑު އެ ރަށަށް ގެންގޮސްފައެވެ.

އަމިއްލައަށް މަރުވި ރިމިޔާގެ ކުއްލި މަރާ ގުޅޭ ގޮތުން ކުރިނބީގައި ތަފާތު ގޮތް ގޮތަށް އެބަ ވާހަކަ ދެކެވެއެވެ. މި ވާހަކަތަކާ ގުޅިގެން ކަމުގެ ޙަޤީޤަތް ބަލައިލުމަށް "ދެން" އިން މަސައްކަތް ކުރީމުއެވެ.

ދެމީހުންގެ މެދުގައި އަބަދުވެސް ހަމަނުޖެހުން ބޮޑު

މިދިޔަ އަހަރު ރިމިޔާ ހުރީ މިހާރު ހުރި ގޭގައެއް ނޫނެވެ. އޭނާ މިދިޔަ އަހަރު ހުރި ގޭގެ މީހަކު މައުލޫމާތު ދިން ގޮތުގައި އެ ދެމަފިރީންގެ މެދުގައި އަބަދުވެސް މައްސަލަ ބޮޑެވެ. އަބަދުވެސް ކޮންމެ ވެސް ކަމަކާ ޚިޔާލު ތަފާތުވެ ޒުވާބު ކުރާ ކަމަށް އޭނާ ބުންޏެވެ.

މަރުވުމަށް ތައްޔާރުވުމާއި ސުއިސައިޑް ނޯޓް

ރިމިޔާގެ މަރާ ގުޅިގެން ކުރިނބީގެ އެކި ފަރާތްތަކުން ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު އޭނާ ވަނީ މަރުވުމުގެ އެއް ދުވަސް ނުވަތަ ދެ ދުވަސްކުރީން މަރުވުމަށް ނިންމައި އެކަމާ ގުޅިގެން ބައެއް ކަންކަން ކޮށްފައެވެ. އެގޮތުން  ގޭގެ އައިސްއަލަމާރީ ތެރޭގައި ހުރި އެއްޗެހި އޭނާގެ ރައްޓެހި ޓީޗަރުންނަށް ބަހައިފައި ވެސް ވެއެވެ. ޓީޗަރުން އެކަމާ ސުވާލު ކުރުމުން އޭނާ މިހާރު އެހައި ގިނައިން ކައިނޫޅޭ ކަމަށް ބުނެފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައި ވެއެވެ.

މީގެ އިތުރުން ރިމިޔާ ވަނީ ސުއިސައިޑް ނޯޓެއް ވެސް ލިޔެފައެވެ. ފުލުހުން މިހާރު ގެންގޮސްފައިވާ އެ ނޯޓްގައި ދެމަފިރީންގެ މެދުގައި އޮތް މައްސަލަތަކާއި އޭނާގެ ދިރިއުޅުމުގެ ވާހަކަތައް އޮތް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ބެޑްޝީޓެއް އޮޅައިލައިގެން ނިކުތްތަން ފެނުނުއިރު ރިޕޯޓް ނުކުރި ކަމުގެ ވާހަކަތައް

ރިމިޔާ ރޭ ގައިން ނިކުތީ އިޝާ ނަމާދުގެ ވަގުތުގައެވެ. އޭނާ ގެއިން ނިކުތީ ބަރަހަނާ ހާލު ބެޑްޝީޓެއް ގައިގައި އޮޅާލައިގެންނެވެ. އޭގެ ފަހުން އޭނާ މަރުވެފައި އޮއްވާ ފެނުނީ ރަށުގެ ހުޅަނގު ފަރާތު އަތިރިމަތީން ރޭގަނޑު 8:40 ކަންހާއިރުއެވެ.

މި ޚަބަރާއެކު އާންމުން އުފައްދަމުން ދިޔަ ސުވާލަކީ އޭނާ އެފަދަ ގޮތަކަށް ނިކުމެގެން ދިޔަ ތަން ފެނުނު ކަމަށް ބުނާއިރު އޭނާ ނުހިފެހެއްޓުމެވެ. ރިޕޯޓް ނުކުރުމެވެ.

ކުރިންބަކީ އާބާދީގައި 750އެއްހައި މީހުން ހިމެނޭ ރަށެކެވެ. އެ ރަށުގައި ދިރިއުޅެނީ ގާތްގަޑަކަށް 500 އެއްހައި މީހުންނެވެ.

ރާއްޖޭގެ ހުރިހައި ރަށެއްގައިހެން އެ ގަޑިއަކީ އާންމުކޮށް މީހުން ނިކުމެ އުޅޭ ގަޑިއެއް ނޫނެވެ. މިސްކިތަށް ދާ މީހަކު ނޫނީ ގިނަ މީހަކު މަގުމަތިން ފެނުމަކީ ދުރު ކަމެކެވެ. ހަމައެއާއެކު ރޭ ކުރިންބަށް ވާރޭ ވެހޭތީ އެ ވަގުތު މަގުމަތީގައި އެއްވެސް މީހަކު ނޫޅެއެވެ.

ރިމިޔާ ފެނުނީ އެންމެ މީހަކަށެވެ. އަންހެން ކުއްޖަކަށެވެ. މާދުރުން ފޮށައެއް ފަދަ އެއްޗެއް ދާތީ ފެނުމުން އެ ކުއްޖާ ވެސް ގަތީ ބިރެވެ. އެއީ މީހެއްކަން ވަކިކުރާކަށް ވެސް އެކުއްޖާއަކަށް ނޭނގުނެވެ.

ރިމިޔާ އުޅޭ ގޭގެ ބޭރުގައި ، ގޯތި ތެރޭގައި ހުންނަ ކަޅުހަމުން ފެން ނެގުން ފަދަ ކަންކަމުގައި އޭނާ ބޭރަށް ނިކުމެއެވެ. ރިމިޔާ ރޭ ބޭރަށް ނިކުމެ އިރުކޮޅެއް ވީއިރު ވެސް ޚަބަރެއް ނުވުމުން އޭނާ ކޮބައިތޯ ބަލަން ފެށީ އެގޭގެ މީހުންނެވެ. އަދި މުޅި ގޯތި ބަލައި ޚަބަރެއް ވެސް ނުވުމުން ސުކޫލުގެ ހެޑްމާސްޓަރަށާއި ޓީޗަރުންނަށް ވެސް ގޭގެ މީހުން އެންގިއެވެ.

"ފެމިލީ ޕްރޮބްލަމް"އޭ ބުނި ފިރިމީހާ މިހާރު ބުނަނީ އެއްވެސް އެއްޗެއް ނޭނގޭ ކަމަށް

ރިމިޔާއާއި އަމަލްރާޖު ކައިވެނި ކުރީ 2013 ވަނަ އަހަރުއެވެ. އެ ދެމަފިރީންނަށް އަދި ކުއްޖަކު ނުލިބެއެވެ.

އަމަލްރާޖު ބުނާ ގޮތުގައި އޭނާއާ ރިމިޔާ އެންމެ ފަހުން ފޯނުން ވާހަކަ ދެއްކީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. އޭގެ ފަހުން ރޭ ސުކޫލުގެ ހެޑްމާސްޓަރުގެ ފަރާތުން އޭނާ ގެއްލިގެން އުޅޭ ކަމާއި އަދި ފަހުން އޭނާގެ މަރުގެ ޚަބަރު ލިބުނު ކަމަށް މިފްކޯގައި މިހާރު މަސައްކަތް ކުރާ އަމަލްރާޖު ބުންޏެވެ.

ރީމިޔާގެ މަރަށް ފަހު ، ކުރިނބީން އަމަލްރާޖްއަށް ގުޅި ބައެއް މީހުން ގާތުގައި އޭނާ ބުނެފައި ވަނީ ރިމިޔާ މަރުވީ "ފެމިލީ ޕްރޮބްލަމް"އެއްގައި ކަމަށެވެ. ނަމަވެސް އެކަމާ ގުޅިގެން "ދެން" އިން އޭނާއާ ސުވާލު ކޮށްލުމުން އޭނާ ބުނީ އެ ދެމަފިރިންގެ އެއްވެސް މައްސަލައެއް ނެތް ކަމަށާއި މަރުވި ސަބަބެއް ނޭނގޭ ކަމަށެވެ. އަދި އެންމެ ފަހުން ފޯނުން ވާހަކަ ދެއްކިއިރު ވެސް ދެމީހުން ރީއްޗަށް ވާހަކަ ދެއްކި ކަމަށް އަމަލްރާޖު ބުންޏެވެ.

ކިޔަވައިދިނުމުގައި ނަތީޖާ ނެރޭ ޓީޗަރެއް

ރިމިޔާއާ ގުޅޭ ގޮތުން ކުރިނބީ ސުކޫލުގެ ހެޑްމާސްޓަރ ނާޒިމް ވިދާޅުވީ ރިމިޔާ އެ ސުކޫލުގައި މަސައްކަތް ކުރާތާ މިއީ ދެވަނަ އަހަރު ކަމަށާއި އޭނާއަކީ ކިޔަވައިދިނުމުގައި ވެސް ރަނގަޅު ، ނަތީޖާ ނެރޭ ޓީޗަރެއް ކަމަށެވެ. އަދި އޭނާއަކީ ޑިސިޕްލިން ރަނގަޅު ޓީޗަރެއްކަމުގައި ނާޒިމް ފާހަގަ ކުރެއްވިއެވެ.

ނާޒިމް ވިދާޅުވީ ޑިޕްރެޝަންގެ އެއްވެސް ކަމެއް ފާހަގަ ކުރެވިފައި ނުވާ ކަމަށާއި އަދި އެފަދަ ވާހަކައެއް ހިއްސާކޮށްފައި ވެސް ނުވާ ކަމަށެވެ.

ދިރިއުޅުން ފަހި ކުރަން ، ރަނގަޅު އާމްދަނީއެއް ހޯދުމަށް ރާއްޖެއައި ރިމިޔާ މިވަނީ އަމިއްލަ އަތުން އޭނާގެ ނިމުން ހޯދައިގަނެފައެވެ. އެނބުރި އިންޑިއާއަށް ގެންދަން އޮތީ އޭނާގެ ފުރާނަ ނެތް މަސްގަނޑެވެ.

*****

އަމިއްލަށް މަރުވުމާއި އެކަމަށް މަގު ފަހިވާނެ ކަންކަން އިސްލާމް ދީނުގައި ވަނީ ޙަރާމް ކުރައްވާފައެވެ.

މާތްﷲ ވަހީ ކުރައްވާފައިވެއެވެ.

يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ إِلَّا أَن تَكُونَ تِجَارَةً عَن تَرَاضٍ مِّنكُمْ ۚ وَلَا تَقْتُلُوا أَنفُسَكُمْ ۚ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا

މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! باطل ގޮތުގައި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ! އެހެނެއްކަމަކު، ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިޔަކަށްވުން މެނުވީއެވެ. އަދި، ތިޔަބައިމީހުންގެ އަމިއްލަ نفس ތައް ތިޔަބައިމީހުން قتل ނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް رحيم ވަންތަ ރަސްކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ.

ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އުއްމަތަށް އިރުޝާދު ދެއްވައިފައި ވަނީ ، މި ޙަޔާތާ ވަކިވެގެންދާ ގޮތަކީ އަމިއްލައަށް މަރުވުން ކަމަށް ކުޑަމިނުން އުންމީދު ވެސް ނުކުރުމަށެވެ.

  1. ބުޅާ

    ވަރަށް ރަނގަޅު ރިޕޯޓެއް. ކިޔާލީމަ ވަރަށް ސާފުކޮށް ވާނުވާ އެނގޭ.

  2. މަރުވީ ގެނބިގެން ނޫން ބުލިޗް ބުއިމުގެސަބަބުން

  3. ގަމު މީހާ

    އަމިއްލަ އައް މަރުވެދާނެކަން ގަބޫލް ކުރަން އެކަމް ދެމަފިރިން މެދު މައްސަލަތަކެއް ޖެހިގެން ބަރަހަނާ ހާލު ބެޑްސީޓެއް ގައިގަ އުޅައިގެން ގޮސް މަރުވީމަ ވަރައް އަޖައިބު.. ތިކަމުގަ އެހެން ކަމެއް އެބައުޅޭ.. ބޮޑައް ބެލެވެނީ ކޮންމެވެސް މީހަކު އެމަންޖެއާ ނުރުހުމުގަ ބެހުނީ ކަމައް..

  4. ކަމަނަ

    ކުރިނބީގަ އުޅޭ ބިދޭސީ އަންހެންް ޓީޗަރުންނާ ނަރުހުންނަށް
    ކުރިނބީ ފިރިހެނުނ ގޯނާ ކުރާ ވާހަކަ އަކީ އާ ވާހަކައެއްނޫން

    • ޚުރިނބިި

      ޚކަމަނަަ ތިިި އިމަމެަަުު

    • ކުރިނބީ މީހާ

      މިހާތަނަކަށް ނޯންނާނެ ކުރިނބީން އެކަހަލަ މައްސަލައެއް އައިސްސައެއް. ތިހީކުރާހާ މީހުނަ ނުބައި ރަށެއްނޫން އެޔެއް.

      • ގަމު މީހާ

        އެހެންތަ..
        އަސްތާ މަށައް މިހީކުރެވުނު ގޮތުގެ ހުރި ނުބައި ކަން ދޯ.. ހެޔޮނުވާނެ މަވެސް މިދަނީ ބަރަހަނާ ހާލު މަރުވާން..
        ހަހަހަހަ…

  5. ގަމު މީހާ

    ރޭޕްގެ ކަމެއް ކަމައް ބެލެވޭ

  6. ަމީހެއް

    ދެން އިން މިކަމުގެ ހަގީގަތް ފޮރުވަން އުޅޭހެން ހީވަނީ

  7. ހިކިތާބު

    ބަރަހަނާ ހާލު މަރުވަން ނިންމީ ފިރިސޮރާ މައްސަލަ ޖެހިގެންނޯ

    • ދީނީ ގޮތުން ގަބޫލުކުރަނީ ބްލިޗް ބޮއެގެން ބަރަހަނާ ހަަލު މޫދާށއ އެރިގެން މަރުވީމައޯ ހުރިހާ ހިތާނަތގަކެއް ނެތެނީ

  8. ޒުނައިރާ

    ދެމަފިރިން ގެ މެދުގައި ޚިޔާލް ތަފާތު ހިތުގަ ޖެހޭގޮތަށް އެއްޗިހި ކިއާ ކަމަށް ވަންޔާ އެއީ ސްއިސައިޑަކަށް ހިގައިދާނެ ކަމެއް

    • ގަމު މީހާ

      ސްއިސައަޑް މަރާ މީހާ ކުރިމަތިލާނީ އެމީހަކައް ކުރިމަތިވެފައިވާ ހިއްދަތި ކމެއް ނުވަތަ މުސީބާތަކާ ގުޅުން ހުރި ގޮތަކައް..

    • ސަމްވަން

      ސުއިސައިޑް އަކީ ހައްލެއް ނޫން..

  9. ޙސހސ

    ބޮޑައް ބެލެވެނީ ކުރިނބީ މީހަކު ބެހިގެން، ބުލެކްމެއިލް ކުރުމުން އެކަމާ ޑިޕުރެސް ވެގެން މަރުވީ ކަމައް.

    • ކުރިނބީބިކުރުބެ

      ތިޔަމަންޖެެ ބުލެކް މެއިލް ކޮށް އޭނާ ގެދުވަސް ދުސްވާލީކަމަށްް ބެލެވޭ އެކަން ފޮރުވަން ބީޗުގަތުވާލިއަޅައި ރިހަފޮޅިކެއްކުމަކުން ކަމުގެ އަސްލައްވާސިލު ވުމަށް ހުރަސްއެޅުންނޫންކަމެއްް ނުވަާނެ