Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ހަމަލާދޭން އުޅޭކަމުގެ މަައުލޫމާތު ރައީސް ނަޝީދުއާއި މާރިޔާއާ ހިއްސާ ކުރިން: އިލްޔާސް

ހަމަލާދޭން އުޅޭކަމުގެ މަައުލޫމާތު ރައީސް ނަޝީދުއާއި މާރިޔާއާ ހިއްސާ ކުރިން: އިލްޔާސް

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދޭން އުޅޭ ކަމުގެ މައުލޫމާތު އާންމުންގެ ފަރާތުން ލިބުމުން އެވާހަކަ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އަދި ރައީސް ނަޝީދުއާ ހިއްސާ ކުރެއްވި ކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދެވުނު ހަމަލާގެ މައުލޫމާތު އޭނާއަށް ލިބިފައިވާކަމަށް ބުނާ ވާހަކަތައް ސާފުކޮށްދިނުމަށް މި މަހު 6ގައި އިލްޔާސް ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، އެގޮތަށް ހަމަލާ އަންނަން އުޅޭ ޚަބަރު ލިބުނު ކަމަށް ނަޝީދުއަށާއި، މާރިޔާއަށް ހިއްސާ ކުރީ ރައީސް ނަޝީދުގެ އިރުޝާދަށް ކަމަށެވެ. އަދި ޑިފެންސް މިނިސްޓްރީއާ އެ މައުލޫމާތު ހިއްސާކުރުމުން އެ އިދާރާއިން އެ މައުލޫމާތު ފުލުހުންނަށާއި އަދި ސީޕީ މުހައްމަދު ހަމީދުއާ ހިއްސާކުރުމަށް އަންގައިފައި ނުވާ ކަމަށް ވެސް އިލްޔާސް ފާހަގަ ކުރައްވައިފައި ވެއެވެ.

އިލްޔާސް ފާހަގަ ކުރައްވައިފައިވާ ގޮތުގައި، މި ތަހުގީގަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދޭ ކަމަށާއި، އެހެން ނަމަވެސް މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް ލިބިފައިވާ މައުލޫމާތުތައް ޒިންމާދާރު މަގާމުތަކުގައި ތިބޭ މީހުން އާންމުކުރުމަކީ ޒިންމާދާރު ކަމެއްގެ ގޮތުގައި ދެކިނުލައްވާ ކަމަށެވެ.

Advertisement
HDC — Sidebar (box)

ރައީސް ނަޝީދަށް އަމާޒުކޮށް މިމަހުގެ ހަވަނަ ދުވަހުގެރޭ ދިން ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނަށް ސީރިއަސް އަނިޔާތަކެއް ލިބި، އޭޑީކޭ ހޮސްޕިޓަލުގައި ގިނަ އޮޕަރޭޝަންތަކެއް ކުރެވުނެވެ. އެމަނިކުފާނު މިހާރު ގެންދަވަނީ ޖަރުމަނުގެ އަސްކަރީ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް