Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ޖަހަން ރެޖިސްޓްރޭޝަން ހުޅުވައިލައިފި

މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ޖަހަން ރެޖިސްޓްރޭޝަން ހުޅުވައިލައިފި

ކޮވިޑް-19 އިން ދިފާޢުވުމަށް މާބަނޑު މީހުން ފައިޒާ ވެކްސިން ޖަހަން ރެޖިސްޓްރޭޝަން ހުޅުވައިލައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެފައި ވަނީ މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ޖެހުމަށް ހުޅުވާލައިފައިވާ ކަމަށާއި ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ ރަޖިސްޓުރީކޮށްފައިވާ މީހުންގެ ތެރެއިން ކުރިން އަންނަ މީހުންނަށް ކަމަށް ވެސް އެޗްޕީއޭއިން ވިދާޅުވެފައިވެއެވެ.

ކޯވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް ލިބިފައި ވަނީ ފައިޒާ ވެކްސިންގެ 5،500 ޑޯޒް ކަމަށް އެޗްޕީއޭއިން ވަނީ މީގެ ކުރިން މައުލޫމާތު ދެއްވާފައެވެ. ފައިޒާ ވެކްސިނަކީ ފިނިހޫނުމިން 70- ޑިގްރީގައި ބަހައްޓަން ޖެހޭ ވެކްސިނެއްކަމުގައި ވާތީ މި ވެކްސިން މައިގަނޑު ގޮތެއްގައި ޖަހަނީ މާލޭގައި ދިރިއުޅޭ ފަރާތްތަކަށް އެކަންޏެވެ.

Advertisement
HDC — Sidebar (box)

ރާއްޖޭގައި ފައިޒާ ވެކްސިންގެ އިތުރުން ޖަހަނީ ކޮވީޝީލްޑް ވެކްސިނާއި ސިނޮފާމް ވެކްސިނެވެ. އޭގެތެރެއިން ކޮވިޝީލްޑް ވެކްސިން ދިނުން، ސްޓޮކް މަދުވުމުގެ ސަބަބުން ވަނީ ދުވަސްކޮޅަކަށް މެދުކަނޑައިލައިފައެވެ.

ރާއްޖޭގައި މިހާތަނަށް 141،248 މީހުން ކޮވިޑް-19 އިން ދިފާޢުވުމުގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް