Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މުއިއްޒު މާލޭ މޭޔަރު ކަމުގެ ހުވާ ކުރައްވައިފި

މުއިއްޒު މާލޭ މޭޔަރު ކަމުގެ ހުވާ ކުރައްވައިފި

މާލެ ސިޓީ މޭޔަރު ކަމުގެ ހުވާ ޑރ. މުހައްމަދު މުއިއްޒު ކުރައްވައިފިއެވެ.

މުޢިއްޒު މަގާމުގެ ހުވާ ކުރެއްވީ އެކަމަށް ޓަކައި މިއަދު އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިއަހަރު އިންތިހާބު ކުރެވުނު ހަތަރުވަނަ ދައުރުގެ މޭޔަރުންނާއި އަދި ކައުންސިލަރުން ހުވާ ކުރުމާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން އިގްރާރުވުމުގެ ރަސްމިއްޔާތު ވެސް މިއަދު ހެނދުނު އޮންލައިންކޮށް ބާއްވައިފައިވެއެވެ.

Advertisement
Ooredoo — Square (box)

ޕީޕީއެމްގެ ކެންޑިޑޭޓް، ޑރ. މުއިއްޒު މޭޔަރު ކަމަށް އިންތިހާބުވެވަޑައިގަތީ ވޯޓުލީ މީހުންގެ 61 ޕަސެންޓުގެ ތާއީދާ އެކުގައެވެ. މިއީ މާލޭގެ މޭޔަރު ކަމަށް އެމްޑީޕީ ފިޔަވައި އެހެން ޕާޓީއެއްގެ ކެންޑިޑޭޓަކު އިންތިހާބުވި ފުރަތަމަ ފަހަރެވެ. އެމްޑީޕީން މޭޔަރުކަމަށް ވާދަކުރެއްވީ އަނަސް ޢަބްދުއްސައްތާރެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް