Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ކޮވިޑް ޖެހިގެން ނިޔާވާ ގިނަ މީހުންނަކީ ވެކްސިން ނުޖަހާ މީހުން: ޑރ. ފައިސަލް

ކޮވިޑް ޖެހިގެން ނިޔާވާ ގިނަ މީހުންނަކީ ވެކްސިން ނުޖަހާ މީހުން: ޑރ. ފައިސަލް

ކޮވިޑް ބަލީގައި މަރުވާ މީހުން އިތުރުވަމުން އަންނަ މި ދަނޑިވަޅުގައި މި ބަލީގައި ފުރާނަ ގެއްލޭ މީހުންގެ ތެރޭގައި ގިނައީ ވެކްސިން ނުޖަހާ މީހުން ކަމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަންގެ ޗެއާޕާސަން ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ފައިސަލް ވިދާޅުވީ ރާއްޖޭގައި ކޮވިޑް ބަލީގައި ނިޔާވާ މީހުން ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، ގިނައީ ދޮށީ އުމުރުގެ މީހުންކަމަށާއި މި ބަލީގައި ނިޔާވާ ގިނަ މީހުންނަކީ ވެކްސިން ނުޖަހާ ތިބި މީހުން ކަމަށެވެ.

ޑރ ފައިސަލް ވަނީ ދޮށީ އުމުރުގެ ބޭފުޅުން ވެކްސިން ޖެހުން ވަރަށް މުހިންމު ކަމަށް ފާހަގަކޮށްފައެވެ. އަދި ދޮށީ މީހުންގެ އިތުރުން އާންމުން ވެސް ވެކްސިން ޖެއްސެވުމަށް އޭނާ ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement
Ooredoo — Truecaller (box)

ކޮވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް ނިޔާވެފައި ވަނީ 103 މީހުންނެވެ. އަދި ހޮސްޕިޓަލުތަކުގައި މިވަގުތު 268 މީހުން މި ބައްޔަށް ފަރުވާ ހޯދަމުން އެބަދެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް