ޚަބަރު

އައިއޭސީގެ ނަމުގައި ފޭކް ޕޭޖެއް ހަދައި އޮޅުވައިލުމުގެ އައު މަސައްކަތެއް!

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ފަލަސްތީނުގެ ޣައްޒާއަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޙާލުގައި ދިރިއުޅޭ މުސްލިމުންނަށް އެހީވުމުގައި މަސައްކަތް ކުރާ ރާއްޖޭގެ ޖަމްޢިއްޔާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ ނަމުގައި ފޭކް ފޭސްބުކް ޕޭޖެއް ހަދައި އޮޅުވައިލުމުގެ މަސައްކަތެއް ފަށައިފިއެވެ.

Ads by MWSC

އައިއޭސީން ވަނީ މިކަން އާންމުންގެ ސަމާލުކަމަށް ގެނެސްފައެވެ. އެ ޖަމްޢިއްޔާއިން ބުނެފައި ވަނީ އޮޅުވައިލައިގެން ފައިސާ ނަގާކަމަށް އެނގިފައިވާނަމަ އެ ޖަމްޢިއްޔާއަށް ރިޕޯޓް ކުރުމަށް އެދޭ ކަމަށެވެ.

އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ ހޯދުމަކީ ރާއްޖޭގައި އާންމުވެފައިވާ ވަބާއެކެވެ. ދިރާގާއި އުރީދޫގެ ފޯން ނަމްބަރާއި ރާއްޖޭގެ ބޭންކްގެ އެކައުންޓްތައް ބޭނުން ކޮށްގެން ހިންގާ މި ޖަރީމާ ހުއްޓުވުމަށް ނުވަތަ މަދުކުރުން ވަނީ އުނދަގޫ ކަމަކަށް ވެފައެވެ.

އައިއޭސީ މެދުވެރިކޮށް ދިވެހީން ދަނީ ގިނަ ބަޔަކަށް އެހީ ވަމުންނެވެ. އައިއޭސީއަށް ރައްޔިތުން ކުރާ އިތުބާރާއެކު އެހީގެ ހަރަކާތްތައް ފުޅާވެގެން ދިޔުމުގެ ސަބަބުން އެ ޖަމްޢިއްޔާގެ ނަމުގައި ފޭކް އެކައުންޓްތައް ހެދުމަކީ އެކި ދުވަސްވަރު ފެންނަ ކަމެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!