ޚަބަރު

ކަރަންޓީނުގައި ހުރި މީހެއްގެ ގާތަށް އާންމުން ގެންދިޔުމުން 10،000 ރުފިޔާއިން ޖޫރިމަނާކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ށ. މިލަންދޫގައި، ކޮވިޑަށް ޕޮޒިޓިވްވެ ކަރަންޓީނުގައި ހުރި މީހަކު ފޫހިފިލުވަން އޭނާގެ ގޭ ދޮށަށް ރައްޓެހިން ގެންގޮސް ބައްދަލު ކުރުމުން 10،000ރ. އިން ޖޫރިމަނާ ކޮށްފިއެވެ.

Ads by MWSC

“ދެން” އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ޖޫރިމަނާ ކޮށްފައި ވަނީ އެތައް ފަހަރެއްގެ މަތިން ނަސޭހަތް ދިނުމަށް ފަހުގައެވެ. މިކަމާ ގުޅިގެން ރަށުގެ ގިނަ މީހުން ޝަކުވާ ހުށަހަޅާފައިވެއެވެ. ފުލުހުން ވަނީ މިހާރު އެ މީހާ 10،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ.

މިއީ ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ޖޫރިމަނާ ކުރަން ކަނޑައަޅާފައިވާ އަދަދުގެ އެންމެ ބޮޑު އަދަދެވެ.

އެ މީހާއާ ގިނަ މީހުން ބައްދަލުވެފައިވާއިރު، ކައިރިން ބައްދަލުވި މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މިފަދަ ކަންކަން މަދުން ނަމަވެސް އެކި ރަށްރަށުން ފެނެއެވެ. މިދިޔަ މަހުގެ ތެރޭގައި އއ. މަތިވެރިން ވެސް ވަނީ ބަލި ޖެހުނު ދެ މީހަކު ކަރަންޓީންވާން އަންގާފައި ވަނިކޮށް އެޗްޕީއާގެ އުސޫލާ ހިލާފުވެ މަގުތަކަށް ނުކުމެ އުޅެނިކޮށް 10،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ.

Ads by Allied Insurance
  1. ވިލާތުބަށި

    އެރަށުގައި 5 މީހުން ފައްސިވެއްޖެ ތިކަމައިގެން. ބައެއްމީހުންގެ އިހުމާލު އެއީ އަނެއް ބަޔެއްގެ ހަލާކު