ކުޑަ ކުއްޖެއްގެ ކަންފަތަށް ތަޅުދަނޑިއަކުން ހަަމަލާ ދިން ކަމަށް ބުނާ މައްސަލައެއް!
ގއ. އަތޮޅުގެ ރަށެއްގައި އުމުރުން 12 ވަރަކަށް އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް، މީހަކު ސައިކަލު ތަޅުދަނޑިއަކުން ހަމަލާ ދިން ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
އެ ހަަމަލާ ދިން ކަމަށް ބުނާ ފިރިހެން މީހާގެ އާއިލާއިން "ދެން" އަށް މައުލޫމާތު ދެމުން ބުނީ އެ ކުއްޖާގެ ގައިގާ ފިރިހެންމީހާ ނުޖަހާ ކަމަށެވެ.
"ފިރިހެން މީހާއަށް ފެނުނީ އޭނަގެ ދަރި ބިމަށް ވައްޓާލައިފަ ޖެހިތަން. އެ މަންޒަރު ފެނުނީމަ ރުޅިއައިސްގެން ޖަހަން އަތް ދިއްކުރި. ނުއެއް ޖަހާ. އެކަމަކު އަތް ދިއްކުރި އިރު އަތުގައި އޮތް ތަޅުދަނޑިން ކުއްޖާގެ ކަންފަތުގައި ޖެހުނީ" އާއިލާއިން މައުލޫމާތު ދިން މީހާ ބުންޏެވެ.
އޭނާ އިތުރަށް ބުނީ ފިރިހެން މީހާ އެ ކުއްޖާގެ ގައިގައި ޖެހިކަމަށް ބުނުމުން ކުއްޖާގެ އާއިލާއިން ފުލުހުންނަށް މައްސަލަ ހުށަހެޅި ކަމަށެވެ.
"ފުލުހުން އައިސް 15 ދުވަހުގެ މުއްދަތު ޖަހަން އުޅެނިކޮށް އެ އާއިލާއިން މައްސަލަ ނެގީ. ކުއްޖާގެ ކަންފަތް ރަނގަޅު ކަމަށް ވެސް ބުނި. ތަދު ވެގެން ވެސް ނޫޅޭ ކަމަށް" އެމީހާ ބުންޏެވެ.
ނަމަވެސް އާންމު ފަރާތަކުން އެ މައްސަލަ ބޮޑު ކުރި ކަމަށާއި، ކުއްޖާގެ ކަންފަތުން ލޭ އަންނަ ކަމަށް ބުނެ ތިނަދޫއަށް ގެންދިޔައީ ކަމަށް ވެސް ފިރިހެން މީހާގެ އާއިލާއިން ބުންޏެވެ.
އެ އާއިލާއިން އިތުރަށް ބުނީ، ކުޑަ ކުއްޖެއްގެ ގައިގައި ޖަހަން އަތް ދިއްކޮށްގެން ނުވާނެ ކަމަށާއި އެކަމާ އެމީހުން ވެސް ފިރިހެން މީހާއާ ދެކޮޅު ކަމަށެވެ.
ނަމަވެސް މި ހާދިސާއާއި ގުޅޭގޮތުން ފިރިހެން މީހާގެ އާއިލާއިން ދައްކާފައިހުރި ވާހަކަތައް ކުއްޖާގެ އާއިލާއިން ދޮގު ކުރެއެވެ.
ކުއްޖާގެ އާއިލާ މީހަކު "ދެން" އަށް މައުލޫމާތު ދެމުން ބުނީ އެ މައްސަލަ ނެގީ ފިރިހެން މީހާގެ އާއިލާއިން "ރޮއެ އާދޭސްކޮށް، އެ މީހުންގެ ނުފޫޒު ފޯރުވާ" ހެދުމުން ކަމަށެވެ.
"އެ މައްސަލަ މިހާރު އޮތީ އެ މީހާ ހައްޔަރު ނުކޮށް، ކުރިއަށް ގެންދާ ގޮތަށް. އޭނައަށް ދިން ލުޔެއް އެއީ" ކުއްޖާގެ އާއިލާއިން މައުލޫމާތު ދިން މީހާ ބުންޏެވެ.
ހާދިސާ ހިނގި ގޮތް ވެސް ކިޔައިދެމުން ކުއްޖާގެ އާއިލާއިން ބުނީ އެއީ އެ އުމުރުފުރާގެ ކުދިން ހަވީރު ގަޑީގައި ކުޅެން އުޅުމުގެ ތެރޭގައި ހިނގި ކަމެއް ކަމަށާއި، އެހެން އުޅުމުގެ ތެރޭގައި ފިރިހެން މީހާގެ ދަރިފުޅު ވެއްޓުނީ ކަމަށެވެ.
"ބޯޅައިން ޖެހުނު ކަމެއް ނުޖެހޭ ކަމެއް ނޭނގޭ. ވެއްޓުނީމަ އެ ކުއްޖާ އެތަނުގައި އިން އަންހެނެއް ކައިރީގައި ގޮސް ބުނީ އަޅުގަނޑުމެންގެ ކޮއްކޮ ޖެހީއޭ. އެ މީހާ އެ ކުއްޖާގެ ބައްޕައަށް ގުޅާފަ އެތަަނަށް ގެނައީ. އެ ކުއްޖާ ބައްޕަ ބުނި ކަމަށްވަނީ ކޮންމެ ދުވަހަކު ތިމަންނަގެ ދަރިއަށް ކީއްކުރަންހޭ ހަމަލާ ދެނީ. އެހެން ބުނެފަ ކޮއްކޮ ކަންފަތްމަތީގައި ޖެހީ. ކޮއްކޮގެ ފަހަތުން ދިޔަ ހަޑި އެއްޗެހި ކިޔަމުން ވެސް. އެތަނުގައި ތިބި އެހެން ކުދިން ވެސް ބުނި. ކޮއްކޮ އެކަނި ބުނި ވާހަަކައެއް ނޫން ޤަބޫލު ކޮށްގެން މިއުޅެނީ" ކުއްޖާގެ އާއިލާގެ ފަރާތުން ވާހަަކަ ދެއްކި މީހާ ބުންޏެވެ.
އޭނާ އިތުރަށް ބުނީ ފިރިހެން މީހާގެ އާއިލާއިން އެ ގެއަށް ދިޔަ ކަމަށާއި ކުއްޖާ ގައިގަ ނުޖަހާ ކަމަށާއި މައްސަލަ ނަގައިދޭން ވެސް ބުނި ކަމަށެވެ. އާއިލާއިން ތިބީ އެ މައްސަލަ ނަގާ ގޮތަށް ނޫން ކަމަށާއި ނަމަވެސް އެ މީހުން އާދޭސް ކުރި ވަރުން، އިންސާނިއްޔަތުކަމަށް ޓަކައި އެ ފިރިހެން މީހާ ބަންދު ނުކޮށް މައްސަލަ ބަލާ ގޮތަށް ނިންމީ ކަމަށެވެ.
ކުއްޖާގެ އާއިލާއިން އިތުރަށް ބުނީ ރޭއްސުރެ ކުޑަ ކުއްޖާ އުޅުނީ ކަންފަތަށް ތަދުވާތީ ކަމަށާއި ފުލުސް އޮފީހަށް މައްސަލަ ހުށަހަޅަން ދިޔުމުން، ކުއްޖާގެ ކަންފަތުގެ އެތެރެއަށް ލިބިފައި ހުރި ގެއްލުން އެ ރަށު ސިއްޙީ މަރުކަޒުން ބެލެން ނެތް ކަމަށް ޑޮކްޓަރުން ވިދާޅުވި ކަމަށެވެ.
މައްސަލަ ފުލުހުން ބަލަމުން ދާތީ، ކުއްޖާގެ ބޭސް ފަރުވާއަށް ވެސް ބެލި ކަމަށާއި ތިނަދޫއަށް ދިޔައީ އެ ކުއްޖާގެ ކަންފަތުގެ އެތެރެއަށް ތަދުވާތީ އުޅޭތީ ކަމަށް ވެސް އާއިލާ އިން ބުންޏެވެ. ދިޔައީ ކުއްޖާގެ ކަންފަތުން ލޭ ފައިބާތީ ނޫން ކަމަށް ވެސް އާއިލާއިން ބުންޏެވެ.
ސިޔާމާ. ތަ ހުޓެ މުރުތައްދު ނުވޭ.
ހިއްސު ސަލާމަތުން ހުރި އެއްވެސް މީހެއް ގަބޫލެއް ނުކުރާނެ، ޖަހަން އަތް ނަގާފަ ނުޖަހަނީސް، އަތުގަ އޮތް ތަޅުދަނޑި އަކުން ޖެހި، ކަންފަތް ފަޅާގެން ދާނެކަމަށް.
ސިޔާމާ އަކީ ރަޝުގަ ހުރި ނުބާ ޖާހިލެއް އޭނަގަ ގޮތް ނޭގޭ މީހަކު ހުވަދުއަތުޅުގަ ވ މަދު ވާނެ