ޚަބަރު

ޅައިމަގު ޓީޗަރަކު ވެސް ފަލަސްތީނާ ދެކޮޅަށް ، ރައްޔިތުންގެ ކަންބޮޑުވުން!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ށ. ޅައިމަގު ސުކޫލުގައި ކިޔަވައިދޭ އިންޑިއާގެ ޓީޗަރެއް ފަލަސްތީނާ ދެކޮޅަށް ޝުޢޫރު ފާޅުކުރި މައްސަލައަކާ ގުޅިގެން އެ ރަށުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

Ads by Sosun Fihaara

ޅައިމަގު ސުކޫލުގެ ޕްރިންސިޕަލް މުޙައްމަދު ފަޔާޒު "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީި، ފަލަސްތީނާ ދެކޮޅު ޕޯސްޓެއް އެސުކޫލުގައި ކެމިސްޓްރީ ކިޔަވައިދޭ އިންޑިއާ ޓީޗަރެއް މީސްމީޑިއާގައި ޖަހައިގެން އުޅޭ މައްސަލަ މިހާރު އެޑިއުކޭޝަން މިނިސްޓްރީން ބަލަމުން އަންނަ ކަމަށެވެ.

ފަޔާޒް އިތުރަށް ވިދާޅުވީ އެ ޓީޗަރު މިހާރު ވަނީ ސަސްޕެންޑް ކޮށްފައި ކަމަށެވެ. ރަށް މޮނިޓަރިންއަށް ލައިފައިވާ ދުވަސްވަރަކަށް ވުމުން ރަށު ސުކޫލުގެ ކިޔެވުން އޮތީ ހުއްޓިފައި ކަމަށާއި އަދި ސުކޫލުގެ ކިޔެވުން އަލުން ފެށުނު ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ގޮތެއް ނިންމައި އަންގަންދެން އޭނާ ހުންނާނީ ސުކޫލަށް ހާޒިރު ނުވެވޭ ގޮތަށް ސަސްޕެންޝަންގައި ކަމަށް ވެސް ފަޔާޒް ވިދާޅުވިއެވެ.

އިސްރާއީލަށް ތާއީދުކޮށް އެކަމުގެ ޝުޢޫރުތައް މީސްމީޑިއާގައި ހާމަ ކުރި ހދ. ހަނިމާދޫ ސުކޫލުގެ އިންޑިއާ ޓީޗަރެއް ވަނީ މަގާމުން ވަކިކޮށްފައެވެ. އަދި މިހާރު އޭނާ މާލެ ފޮނުވާލުމުގެ މަސައްކަތް ވެސް ކުރެވެމުން އަންނަ ކަމުގައި ވެސް ހަނިމާދޫ ސުކޫލުގެ ޕްރިންސިޕަލް "ދެން"އަށް ވިދާޅުވިއެވެ.

Ads by HDC
  1. ޢަލީ

    ތީރަނގަޅު ނިންމުމެއް ސުކުރިއްޔާ

  2. ހެހެ

    އޭތި ހަމައެއް ނުޖެހޭ.. އެމީހަކު އުޅޭނީ އެމީހެއްގެ ދީނަށް ދޯ. ކީއްކުރަން ގެނައީ ކާފަރެއްކަން އެންގިހުރެ

    • ޙިހި

      ބަލަގަ މިހިރަ މޮޔަޔާ ނުޖެހެޔޭ އަހަރުމެންގެ ބިމުގަ ތިބެ އެމީހުން ބޭނުންހާ ދީނެއް ޕުރޮމޯޓު ކުރާކައްް ތިބާޔައް ހެޔޮވިސް ނުން ދެއްވާށިއެ އާމީން

      • ހުސވާހަކަ

        ބަލަގަ އަހަރުމެނ ދަރިންނަށް ކިޔަވަދޭން އެކ ދީން ތަކުގެ މީހުން ގެނައުން ހުއްޓާލާފަ ތިވާހަކަ ދައްކަވާ. އެކި ދީންތަކުގެ އެދުރުން ގެނެސް ގެންގުޅެންޔާ އެމީހުންވެސް އަމިއްލަ ހިޔާލު އެސް އެމް ގަ ފާޅުކުރާނެ ކަން އިނގެންވާނެ. މީ 2021

    • ގހޖހގހ

      ކަާފަރަކަސް ތަންތާ އޮންނަ ގަވައިދުތަކަށާ ގާނޫނު ތަކަށް ބޯލަނބަންޖެހޭނެ… ބަލަ ކޮންއިރަކުތަ އޭނައަށް އަމުރުކުރީ އޭނަގެ ދީން ދޫކޮށްފަ އިސްލާމް ދީނަށް ވަންނަން..؟ ކޮންކަހަލަ ވިސްނުމެއްތަ ތިހުންނަނި.

    • ްޒަހީނާ

      ިގ މިގައުމުގައި ހިނގާނީއިސްލާމް ދީން ދުރުން އަންނަ މީހަކީ ކޮންމެ ދީނެއްގެ މީހަކަސް މިގައުމުގައި އޮންނަ އޞޫލުތަކަށް ތަބައަ ވާންޖެހޭނެ