Thursday, 5 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކަނޑިތީމުން އިތުރު 6 މީހުން ފައްސިވެ، އެކްޓިވް ކޭސްތަކުގެ އަދަދު 84 އަށް

ކަނޑިތީމުން އިތުރު 6 މީހުން ފައްސިވެ، އެކްޓިވް ކޭސްތަކުގެ އަދަދު 84 އަށް

ށ.ކަނޑިތީމުން އިތުރު 6 މީހުން ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.

ކަނޑިތީމު ހެލްތު ސެންޓަރުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު އެ ރަށުން ނެގުނު 20 ސާމްޕަލްތަކުގެ ތެރެއިން 14 ސާމްޕަލްގެ ނަތީޖާ ނައްސިވެފައި ވެއެވެ.

އެ ރަށުގައި މިހާރު ޖުމްލަ 266 ގެއެއް ވަނީ ކަރަންޓީނު ކުރެވިފައެވެ. މިހައިތަނަށް 814 ސާމްޕަލެއް ނެގުނު އިރު 729 ސާމްޕަލެއް ނައްސިވެފައިވާކަމަށް ވެސް ހެލްތު ސެންޓަރުން މައުލޫމާތުދެއެވެ.

Advertisement
Ooredoo — Truecaller (box)

ރަށަށް އަރައި ފޭބުން މަނާކޮށްފައިވާ ކަނޑިތީމުގައި ކޮންޓެކްޓް ޓްރޭސިންގެ މަސަައްކަތް މިހާރު ދަނީ ކުރިއަށެވެ. އެ މަސައްކަތް ނިމެންދެން އެ ރަށުގެ ކެފޭ، ރެސްޓޯރެންޓްތައް ވެސް ވަނީ ބަންދުކޮށްފައެވެ.

އަތޮޅުތަކުގެ ގިނަ ރަށްރަށުގައި މިހާރު ވަނީ ކޮވިޑް ބަލި ފެތުރިފައެވެ. ޖުމްލަ 70 ރަށެއް އޮތީ މޮނިޓަރިން ހާލަތުގައެވެ. ވެރިރަށް މާލޭގައި ވެސް ހަލުވި ކަމާއެކު ދުވަހެއް ދުވަހަކަށް ދަނީ ބަލި ފެތުރެމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް