ސަލްޓަން ޕާކުގައި ހުރި ގަހެއް ވެއްޓި ލިލީ މަގު ބަންދު ވެއްޖެ

ސަލްޓަން ޕާކުގައި ހުރި ގަހެއް ވެއްޓި ލިލީމަގު ބަންދު ވެއްޖެއެވެ.
ޖެހުނު ގަދަ ވައިގެ ސަބަބުން ވެއްޓުނު މި ގަސް އޮތީ ސަލްޓަން ޕާކާއި ސީއެޗްއެސްސީއާ ދެމެދު ހުރަހަށެވެ. އަދި ގަސް ވެއްޓުމާއެކު އެމަގު ވަނީ ބަންދުވެފައެވެ.
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު މުޢިއްޒު ވިދާޅުވީ ގަސް ނެގުމުގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ.
https://twitter.com/mmuizzu/status/1398146884149997570?s=21
ލިލީމަގަކީ ދެކޮޅަށް ދުއްވޭ ކާރޫބާރު ބޮޑު މަގެކެވެ.
މުޅި ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ވައިގަދަވެ ރާއްޖޭގެ އެކި ރަށްރަށަށް ދަނީ އެކިވަރުގެ ގެއްލުންތައް ލިބެމުންނެވެ.







ކޮމެންޓް