ޚަބަރު

ގދ.ވާދޫގައި ކޮވިޑް ޖަމާޢަތީ ފެތުރުމަކަށް، ކައުންްސިލުން އެދެނީ ރައްްޔިތުން ގޭގައި މަޑުކުރުމަށް

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ގދ. ވާދޫން ވަކި ތަރުތީބެއް ނެތި ނެގި ސާމްޕަލްތަކުގެ ތެރެއިން ތިން ސާމްޕަލެއް ކޮވިޑް-19އަށް ފައްސިވެ އެ ރަށުން ފައްސިވީ މީހުންގެ ޖުމުލަ އަދަދު 10އަށް އަރައިފިއެވެ.

Ads by STELCO

ވާދޫ ކައުންސިލް ރައީސް ހަސަން އަބްދުﷲ "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފައްސިވެފައި ވަނީ އެރަށުން ނެގި 70 ރެންޑަމް ސާމްޕަލްގެ ތެރެއިން ތިން ސާމްޕަލެއް ކަމަށެވެ. އަދި މިހާރު އެރަށުގައި ކޮވިޑް ޖަމާޢަތީ ފެތުރުމަކަށް ގޮސްފައިވާ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

އެރަށުން ކޮވިޑަށް ފައްސިވެފައި ވަނީ ނިސްބަތުން ޒުވާނުން ކަމަށްވާ އިރު، އެންމެންގެ ހާލު ވެސް ރަނގަޅެވެ. އަދި މިވަގުތު އެރަށުގައި އެކްޓިވް ކޭސްގެ އަދަދަކީ 9 އެކެވެ. ހަމައެއާ އެކު އެރަށުުގައި ކޮވިޑް-19 ފެތުރެމުން ދާތީ 14 ގެއެއް ވަނީ ކަރަންޓީނު ކުރެވިފައެވެ.

ވާދޫގައި ކޮވިޑް ފެތުރިޔަ ނުދިނުމަށް ޓަކައި އެކި ކަހަލަ ފިޔަވަޅުތައް އެޅިފައިވާއިރު، މީހުން އެއްވެ ތިބޭ ތަންތަން ބަންދުކޮށް ޖޯލިފަތިތައް ވަނީ ނަގައިފައެވެ. އަދި ވާދޫގައި ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުން ދިއުމާ ގުޅިގެން ވާދޫ ކައުންސިލުން ވަނީ ރައްޔިތުންނަށް ގޭގައި ތިބުމަށް އިލްތިމާސް ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!