ޚަބަރު

ސްކޫލްތައް ބަންދުވާނީ ޖޫން 24ގައި، އައު އަހަރުގެ ފޮތްތައް ދިނުމުގެ މަސައްކަތް ދަނީ ކުރަމުން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މި އަހަރުގެ ކިޔެވުން ނިމި، ބޮޑު ޗުއްޓީއަސް ސްކޫލްތައް ބަންދު ވާނީ ޖޫން 24ގައި ކަމަށާއި ދިރާސީ އައު އަހަރުގެ ފޮތްތައް ދިނުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

Ads by STELCO

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު އަލީ ވިދާޅުވީ ދެވަނަ ޓާރމްގެ ކިޔެވުމާއި އިމްތިހާނުތައް ނިމި ޖޫން 24 ގައި ސުކޫލުތައް ބަންދުވާނެ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު މި މަސައްކަތް ކުރަނީ އަންނަ އަހަރަށް (އެކެޑެމިކް އަހަރަށް) ދަރިވަރުން ސްކޫލަށް ވެއްދުމުގެ މަސައްކަތްތައް ނިންމާލެވޭތޯ. އަންނަ އަހަރަށް ބޭނުންވާ ފޮތްތައް ދަރިވަރުންނަށް ފޯރު ކޮށްދިނުމުގެ މަސައްކަތް ވެސް ކުރަމުން މިދަނީ. މިހާރު ފޮތްތައް ބަހަން ވަނީ ފެށިފަ. އުންމީދަކީ ސްކޫލް ނިމޭ ދުވަހު ދަރިވަރުންނަށް ހުރިހާ ފޮތްތަކެއް ލިބޭނެ ދުވަހަށް ވުން" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ހުރިހާ ރަށްތަކަށް ވެސް ފޮތްތައް ފޮނުވުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ އަލަށް ސްކޫލަށް ކުދިން ވައްދަން ބޭނުންވާ ފަރާތްތަކަށް ފޯމު ދޫކުރުން ވެސް މިހާރު ސްކޫލްތަކުގައި ކުރިއަށްދާ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!