Thursday, 5 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ހުރިހާ ވަގުތަކު ގެއިން ބޭރަށް ނިކުމެ އުޅުން މަނާކޮށް ފީއަލި ފުރަބަންދަށް

ހުރިހާ ވަގުތަކު ގެއިން ބޭރަށް ނިކުމެ އުޅުން މަނާކޮށް ފީއަލި ފުރަބަންދަށް

ކޮވިޑް-19އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ފ.ފީއަލި ފުރަބަންދުކުރަން ނިންމައިފިއެވެ.

ފީއަލީ ކައުންސިލްގެ މެންބަރު، އަހްޒަމް އަބްދު ﷲ<span class="s1"> 'ދެން' އަށް މައުލޫމާތުދެއްމުން ވިދާޅުވީ އެ ރަށުން ފައްސިވާ މީހުން ގިނަވަމުން ދިޔުމާ ގުޅިގެން 21 ދުވަހަށް ފުރަބަންދު ކުރަން ނިންމައިފައިވާކަމަށެވެ.</span>

<span class="s1">މި ހާލަތުގައި އެއްވެސް ގަޑިއެއްގައި ބޭރަށް ނިކުމެ ނޫޅެވޭނެ ކަމަށާއި މީގެ އިތުރުން ޒަރޫރީ ބޭނުންތަކަށް ކޮންމެ ފިހާރައަކަށް 1 ފާސް ދޫކުރާނެ ކަމަށާއި މިއީ ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރާ މަޝްވަރާ ކުރުމަށްފަހު، ކުއްލި ނުރައްކަލުގެ ހާލަތުގައި ކައުންސިލަށް ބާރުދީފައިވާ ގާނޫނުތަކުގެ ދަށުން އެޅި ފިޔަވަޅެއް ކަމަށް އަހްޒަމް ޢަބްދުﷲ ވިދާޅުވިއެވެ. އަދި ލޮކްޑައުންގައި ރަށް އޮތް ނަމަވެސް ކައުންސިލާއި ޓާސްކްފޯސްއާ އެކު ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ޚިދުމަތްތައް ދިނުމުގައި ދެމި އޮންނާނެ ކަމަށާއި މަހަށް ފުރަން ބޭނުންވާ ފަރާތްތަކަށް ވެސް އެފުރުސަތު އޮންނާނެ ކަމަށް އަހްޒަމް ވިދާޅުވިއެވެ.</span>

Advertisement
Ooredoo — Truecaller (box)

ރަށުގެ ހާލަތު ކިޔައި ދެއްވަމުން، ފީއަލި ހެލްތު ސެންޓަރުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ، އިބްރާހީމް ނަސީރު “ދެން” އަށް ވިދާޅުވީ އެ ރަށުން ކޮވިޑް-19 އަށް ފައްސިވި 2 މީހެއްގެ ހާލު ދެރަވެ، އިތުރު ފަރުވާއަށް މާލެ ފޮނުވާފައިވާނެކަމަށެވެ. އަދި ދެމީހުންގެ ހާލު ވެސް ރަނގަޅު ކަމަށާއި މާލޭގައި ފަރުވާދިނުމަށް ފަހު އެކަކު މިހާރު ހޮސްޕިޓަލުން ދޫކޮށްފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޞިއްހީ މަރުކަޒުން 3 މީހުން ފައްސިވެފައިވާކަމަށް ވެސް ނަސީރު ވިދާޅުވިއެވެ. އޭގެ ތެރޭގައި ހިމެނެނީ 2 ނަރުހުންނާއި ޕަބްލިކް ހެލްތް ޔުނިޓްގެ އިންޗާޖެވެ.

ފީއަލީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އެ ރަށުން ޖުމްލަ 333 މީހުން ވަނީ ފައްސިވެފައެެވެ. އަދި ބަލިން ފަސޭހަވެފައި ވަނީ 198 މީހުންނެވެ. މިއާ އެކު އެކްޓިވް ކޭސްތަކުގެ އަދަދަކީ 135އެވެ. އެ ރަށުން ޖުމްލަ 1351 މީހުންގެ ސާމްޕަލް ވަނީ ނަގައިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް