Thursday, 29 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ފްލޫ ކްލިނިކަށް ދެއްކި މީހަކު ފައްސިވެ ގދ ފަރެސްމާތޮޑާ މޮނީޓަރިންގ ހާލަތަށް

ފްލޫ ކްލިނިކަށް ދެއްކި މީހަކު ފައްސިވެ ގދ ފަރެސްމާތޮޑާ މޮނީޓަރިންގ ހާލަތަށް

ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑަށް ފައްސިވެ, ގދ ފަރެސްމާތޮޑާ މޮނީޓަރިންގ ހާލަތަށް ގެނެސްފިއެވެ.

ފަރެސްމާތޮޑާ ސިއްހީ މަރުކަޒުން މައުލޫމާތު ދޭގޮތުގައި އެ މީހާ ކޮވިޑް-19އަށް ފައްސިވުމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމާ އެކު މިވަގުތު ފަރެސްމާތޮޑާ ވަނީ މޮނިޓަރިންގ ހާލަތަށް ގެނެވިފައެެވެ. ފައްސިވި މީހާއާއި އެއްތާވި މީހުން ހޯދުމުގެ މަސައްކަތް އެ ރަށު ސިއްހީ މަރުކަޒުން ވަނީ ފަށައިފައެވެ.

އެޗްޕީއޭއިން ފަރެސްމާތޮޑާ ކައުންސިލަށް ފޮނުވި ލިޔުމެއްގައި ބުނެފައިވާ ގޮތުގައި ކޮވިޑް-19އާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ޓަކައި އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ. އެހެންކަމުން މިވަގުތު ފަރެސްމާތޮޑާއަށް އަރައިފޭބުން ވަނީ މަނާކޮށްފައެވެ.

Advertisement
Ooredoo — Truecaller (box)

ފަރެސްމާތޮޑާ ސިއްހީ މަރުކަޒުން ވަނީ ބަލިފެތުރުން ކޮންޓްރޯލް ކުރެވޭނީ އެންމެންގެ އެއްބާރުލުން ލިބިގެން ކަމުން ގޭގައި މަޑުކުރުމަށާއި، ގައިދުރުކަން އިޚްތިޔާރު ކުރައްވައި، މާސްކް އެޅުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. އަދި ކަމާ ބެހޭ އިދާރާތަކުން ދެއްވާ އިރުޝާދުތަކަށް އަމަލުކޮށް، ފަރުދީ ޒިންމާ އަދާ ކުރުމަށް ވެސް އެދިފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް