Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އަންމަޓީގެ މައްޗަށް 65 އަހަރުގެ ހުކުމެއް އަައިސްދާނެ!

އަންމަޓީގެ މައްޗަށް 65 އަހަރުގެ ހުކުމެއް އަައިސްދާނެ!

ސީލައިފް ފްލެޓްތަކުގެ މައްސަލައިގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ މުހައްމަދު (އަންމަޓީ)ގެ މައްޗަށް 42 ދައުވާއެއް އުފުލައި، ކުރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.

ހުޅުމާލޭގައި ފްލެޓްތަކެއް އަޅައިދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން މަކަރާ ހީލަތުން ފައިސާ ނެގުމަށް ފަހު ފިލައިގެން އުޅުނު އަންމަޓީގެ މައްޗަށް ކުރާ ދައުވާތައް ސާބިތުވެއްޖެ ނަމަ 65 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވާނެއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު މާޗް 13، 2014 ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް ސީ-ލައިފްއާ ހަވާލުކޮށްފައި ވެއެވެ. ނަމަވެސް، އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަަމުގެ ތުހުމަތު ދައުލަތުން ކުރެއެވެ.

Advertisement
Allied — Dhen Online (box)

އަންމަޓީގެ މައްޗަށް ކުރާ ތުހުމަތުތަކުގައި އޭނާ ހޯދަން ފުލުހުން އުޅުމުން އޭނާ ވަނީ ރާއްޖެއިން ފުރައިގެން ގޮސްފައެވެ. އެ ތުހުމަތުގައި އޭނާ ހޯދުމަށް 2019 ވަނަ ރެޑް ނޯޓިސް ވެސް ނެރެފައިވެއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ލަންކާގައި ހުއްޓައެވެ.

ސީލައިފުން ވަނީ 3000 ފްލެޓް އިމާރާތް ކުރާނެ ކަމަށް ބުނެ 280 މީހަކު އަތުން ފައިސާ ނަގައިފައެވެ. ކޮންމެ މީހެއްގެ އަތުން ބުކިން ފީގެ ގޮތުގައި އެކަނި ވެސް 50،000 ރުފިޔާ ނަގައިފައިވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް