Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އެޑިއުކޭޝަން މިނިސްޓްރީގެ ނަމުގައިވާ ޓިކްޓޮކް އެކައުންޓަކީ ފޭކް އެކައުންޓެއް

އެޑިއުކޭޝަން މިނިސްޓްރީގެ ނަމުގައިވާ ޓިކްޓޮކް އެކައުންޓަކީ ފޭކް އެކައުންޓެއް
އެޑިޔުކޭޝަން މިނިސްޓްރީ އޮފް މޯލްޑިވްސްގެ ނަމުގައި ހުޅުވައިފައިވާ ޓިކްޓޮކް އެކައުންޓަކީ އެޑިޔުކޭޝަން މިނިސްޓްރީގެ އެކައުންޓެއް ނޫންކަމަށް އެ މިނިސްޓްރީން ބުނެފިއެވެ. މިކަން ހާމަ ކޮށްފައި ވަނީ އެ މިނިސްޓްރީން މިއަދު ކުރެއްވި ޓްވީޓެއްގައެވެ. "ޓިކް ޓޮކްގައި “educationministrymv”ގެ ނަމުގައި ހަރަކާތްތެރިވާ މި އެކައުންޓަކީ މި މިނިސްޓްރީގެ އެކައުންޓެއް ނޫންކަން އެންމެހާ ބޭފުޅުންގެ މަޢުލޫމާތަށް ޓަކައި ދަންނަވަން." އެޑިޔުކޭޝަން މިނިސްޓްރީގެ ނަމުގައި ހުޅުވައިފައިވާ ޓިކްޓޮކް އެކައުންޓުގެ ޕްރޮފައިލްގެ ފޮޓޯއަކާއެކު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވެއެވެ. ''އެޑިއުކޭޝަން މިނިސްޓްރީ އޮފް މޯލްޑިވްސް''ގެ ނަމުގައި ހުޅުވައިފައިވާ އެކައުންޓަކީ ޕްރައިވެޓް އެކައުންޓެކެވެ. އަދި ޕްރޮފައިލްގައި ހިމަނާފައި ވަނީ ރާއްޖޭގެ ގައުމީ ނިޝާނެވެ. ނަމަވެސް އެކައުންޓުން އެއްވެސް ވީޑިއޯއެއް ފެންނާކަށް ނެތެވެ. އެ އެކައުންޓުން 1543 މީހަކަށް ފޮލޯ ކޮށްފައިވާއިރު، 99 މީހަކު އެ އެކައުންޓަށް ފޮލޯ ކުރެއެވެ. ޒުވާން ޖީލަށް ޓިކްޓޮކް މެދުވެރިކޮށް ފަސޭހަކަމާ އެކު މައުލޫމާތު ފޯރުކޮށް ދެވޭކަމަށް ބުނެ، ޓިކްޓޮކް އެކައުންޓެއް ރައްޔިތުންގެ މަޖިލީހުން ވެސް ލޯންޗްކޮށްފައި ވެއެވެ. ނަމަވެސް ސަރުކާރުގެ އެއްވެސް މުއައްސަސާއެއް އަދި މިނިސްޓްރީއަކުން ޓިކްޓިކް ބޭނުން ކުރާކަން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ޓިކްޓޮކަކީ ޒުވާނުންގެ މެދުގައި މަގްބޫލް އެޕްލިކޭޝަނެކެވެ.އެ އެޕްލިކޭޝަން މެދުވެރިކޮށް އެކްޓް ކުރަން ފެށި ތަރިން މިއަދު ފިލްމީ ދާއިރާގައި ވެސް ހަރަކާތްތެރިވަމުންދެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް