Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މިޝްކާ ނިޔާވުމުގައި އިހުމާލު އެބައޮތް، ފިޔަވަޅު އަޅާނަން: ނަސީމް

އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުޙައްމަދު ނިޔާވުމުގައި އިހުމާލު އެބައޮތް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި، އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަކުން މިނިސްޓަރ ނަސީމް ވިދާޅުވީ މިޝްކާ ނިޔާވުމުގައި ހެލްތު މިނިސްޓްރީގެ އިހުމާލު އޮތް ކަމަށާއި މި މައްސަލަ ވަރަށް ގާތުން ބައްލަވަމުންދާ ކަމަށެވެ.

މީގެ އިތުރުން މިނިސްޓރ ވިދާޅުވީ މިޝްކާ ހޮސްޕިޓަލަށް ގެންދިއުން ލަސްވެފައިވާ ކަމަށާއި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި މިރޭގެ ނިޔަލަށް ތަހުގީގު ނިމޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެވެ.

Advertisement
HDC — Sidebar (box)

“ފަރުވާ ނުލިބި ގިނަ ވަގުތަކެއް ވެގެން ދިއުމުގައި އިހުމާލެއް އެބައޮތް . މިހާރު އެކަންކަން ދަނީ ބަލަމުން” މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑްގެ ކަންކަމަށް ފަސް އެމްބިއުލާންސް ހާއްސަކޮށްފައިވާ ކަމަށާއި އަދި މިފަދަ ކަންތައްތައް ތަކުރާރުވެ ނުދިޔުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

މިޝްކާ ނިޔާވީ މިމަހުގެ އެއްވަނަ ދުވަހު 00.10ކަންހާއިރުއެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ 31 މެއި ދުވަހުގެ ރޭ 11:45ހާއިރުއެވެ. އެއީ އެމްބިއުލޭންސް ހޯދަން ފުރަތަމަ ގުޅިތާ 9 ގަޑިއިރު ފަހެވެ. މިޝްކާ ނިޔާވިއިރު އޭނާ ކޮވިޑަށް ފައްސިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް