ޚަބަރު

މިޝްކާގެ މަރުގެ މައްސަލައިގެ ތަހުގީގު މިރޭ ނިމޭނެ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ކޮވިޑް-19ގައި ރާއްޖެއިން ނިޔާވި އެންމެ ހަގު ކުއްޖާ

ކޮވިޑް-19އަށް ފައްސިވެ، ހާލު ދެރަވުމުގެ ސަބަބުން ރޭ ނިޔާވި އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުޙައްމަދު ގެ މަރުގެ މައްސަލައިގެ ތަހުގީގު މިރޭ ނިމޭނެ ކަމަށް ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، މިޝްކާގެ މަރުގެ މައްސަލަ ބަލަމުން އަންނަ ކަމަށާއި އެ ހާދިސާ ހިނގާދިޔަ ގޮތް މިރޭގެ ނިޔަލަށް ސާފުވާނެ ކަމަށެވެ. އަދި އެ މައްސަލައިގައި އިހުމާލުވާ ބަޔަކު އެ ތަހުގީގުން ސާފުވާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިޝްކާ މަރުވުމުގައި އިހުމާލު އޮތްކަމަށް ދެކެވަޑައިގެން އިސްތިއުފާ ދެއްވަންޖެހޭ ކަމަށް ގަބޫލު ކުރައްވަންތޯ ވެސް މިރޭގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ހެލްތު މިނިސްޓަރާ ސުވާލު ކޮށްފައެވެ.

"އަޅުގަނޑު މި ކަންތައްތައް ބަލަމުން މިދަނީ. ރިޕޯޓްތަކަށް ބަލައިފައި ސީދާ އަޅުގަނޑުގެ އިހުމާލެއް އުޅޭތޯ ވެސް ބަލާނަން. އެ ކަންކަމަށް ބަލާފައި ތި ސުވާލަށް އަޅުގަނޑު ޖަވާބު ދޭނަން،" މިނިސްޓަރ ނަސީމު އެ ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވިއެވެ.

މިޝްކާއަށް ފަރުވާ ލިބުމުގައި އިހުމާލު އެބަ އޮތްކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށް މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ތަކުރާރުކޮށް މިނިސްޓަރ ނަސީމް ވަނީ ވިދާޅުވެފައެވެ. އަދި އެ މައްސަލަ ބަލާ، އެކަމުގައި އިހުމާލުވި ހުރިހާ ފަރާތެއް ހޯދާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިޝްކާ ނިޔާވީ މިމަހުގެ އެއްވަނަ ދުވަހު 00.10ކަންހާއިރުއެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ 31 މެއި ދުވަހުގެ ރޭ 11:45ހާއިރުއެވެ. އެއީ އެމްބިއުލޭންސް ހޯދަން ފުރަތަމަ ގުޅިތާ 9 ގަޑިއިރު ފަހެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!