ޚަބަރު

މެންބަރު އީސަގެ މައްޗަށް ދައުވާ އުފުލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމްއަށް ގެވެށި އަނިޔާ ކުރި ކަމުގެ ތުހުމަތު އުފުލިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަގެ މައްޗަށް މިއަދު ދައުވާ އުފުލައިފިއެވެ.

Ads by Hajj Corporation

މި މައްސަލައާ ގުޅިގެން މައުލޫމާތު ދެއްވަމުން ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު ވިދާޅުވީ އީސަގެ މައްޗަށް ތުހުމަތު ކުރާ ގެވެށި އަނިޔާގެ މައްސަލައިގައި ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ހުށަހެޅީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.

އީސަގެ މައްޗަށް ކޮށްފައިވަނީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެވެ.

މެންބަރު އީސާއަށް ތުހުމަތު ކުރާ ގެވެށި އަނިޔާގެ މައްސަލަ ތަހުގީގުކޮށް، ދައުވާކޮށްދިނުމަށް ފުލުހުންގެ އިދާރާ އިން ޕީޖީ އޮފީހުގައި އެދުނީ މި ހިނގާ ޖޫން މަހުގެ އެއްވަނަ ދުވަހުއެވެ.

އީސާގެ މައްޗަށް ދައުވާކުރަން ފޮނުވިއިރު އެ މައްސަލަ ކުރިއަށް ނުގެންދަން އަސްރާ ވަނީ މީގެ ކުރިން އެދިފައެވެ. ނަމަވެސް މިދިޔަ މެއި މަހުގެ 18 ވަނަ ދުވަހުގެ ރޭ ގެވެށި އަނިޔާގެ އަމަލެއް އީސަ ހިންގި ކަމަށް ބުނެ އަސްރާ ވަނީ ފުލުހުންނަށް ބަޔާނެއް ދީފައެވެ. އަދި ލިބުނު އަނިޔާތަކާ ގުޅިގެން އަސްރާއަށް ވަނީ އައިޖީއެމްއެޗްގައި ފަރުވާ ވެސް ދީފައެވެ.

އެ މައްސަލަ ކުރިއަށް ނުގެންދަން އަސްރާ އެދުނު ނަމަވެސް ފުލުހުން ނިންމެވީ މިއީ ޖިނާއީ ކުށަކަށް ވާތީ އެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާށެވެ.

Ads by HDC
  1. ނުރަބޯ

    ބަލަ….! ޢީސަ މަސްތުގެ ޙާލަތުގައި ހުރިހުރުން ކޮބާ…..؟ އެކަން ފުށްވަޅުން ދުއްވާލީދޯ…..!!!

  2. ޚަދީޖާ

    އެއީ.މަސްތެއް ނޫން..ޖޫސްފޮދެއް..ބޯލީ..