Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އިތުރު 22 މީހުން ބައްޔަށް ފައްސިވެ އދ. އޮމަދޫގެ ވޭދަނަތައް 67 އަށް

އިތުރު 22 މީހުން ބައްޔަށް ފައްސިވެ އދ. އޮމަދޫގެ ވޭދަނަތައް 67 އަށް

އިތުރު 22 މީހުން ކޮވިޑް19އަށް ފައްސިވެ، އދ. އޮމަދޫގެ ހަރަކާތްތެރި ވޭދަނަތައް 67އަށް އަރައިފިއެވެ.

އޮމަދޫ ސިއްހީ މަރުކަޒުން މައުލޫމާތު ދެއްވިގޮތުގައި މިހާތަނަށް 302 ސުންކު ނަގައިފައިވާ އިރު ނަތީޖާ ނުލިބި 20 ސުންކު އަދިވެސް ވެއެވެ. މީގެ އިތުރުން ހާލު ދެރަވެ މިިހާތަނަށް އެކަކު ކޮވިޑު ފެސިލިޓީއަށް ވެސް ބަދަލުކޮށްފައިވާކަމަށް އެރަށު ސިއްހީމަރުކަޒުން ވިދާޅުވިއެވެ.

މެއި މަހު 21 ވަނަ ދުވަހު އެރަށު ފުލޫ ކުލިނިކުން ނެގި ފުލޫ ސާމްޕަލްތަކުގެ ތެރެއިން ބަޔަކު ފައްސިވުމާ ގުޅިގެން އެއްތާވި މީހުންގެ އިތުރުން ވަކިތަރުތީބެއް ނެތި ސުންކު ނެގުން އެރަށުގައި ގެންދަނީ ކުރިއަށެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ހާއްސަ ސަމާލުކަމެއްދެމުން ގެންދާކަމަށް ވެސް އޮމަދޫ ކައުންސިލްގެ ރައީސް އިބްރާހިމް އާދިލް "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

ކޮވިޑްގެ ފައްސި ވޭދަނަތައް ފެނި ރާއްޖޭގެ 70އަށް ވުރެ ގިނަ ރަށް މިވަގުތު އޮތީ މޮނިޓަރިންގައި ރަށަށް އަރައިފޭބުން މަނާކޮށްފައެވެ. މޮނިޓަރިންއަށް ލައިފައިވާ ރަށްރަށުގައި އެޗްޕީއޭއީން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށިކޮށްފައެވެ މިގޮތުން ރޭގަނޑު 9އިން ފަތިހު 4އަށް އެރަށްރަށުގައި ކާފިޔު ހިންގައި ބޭރަށް ނުކުމެ އުޅޭ މީހުންނާ މެދު ފިޔަވަޅުއަޅައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް