Wednesday, 4 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މިޝްކާގެ މަރުގެ ރިޕޯޓު ލަސްވަނީ އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް: ހެލްތު މިނިސްޓްރީ

މިޝްކާގެ މަރުގެ ރިޕޯޓު ލަސްވަނީ އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް: ހެލްތު މިނިސްޓްރީ

ކޮވިޑް-19ގައި ނިޔާވި އުމުރުން 10 އަހަރުގެ މިޝްކާ ނިޔާވުމުގައި ޞިއްހީ ނިޒާމުގެ އިހުމާލެއް އޮތްތޯ ބެލުމަށް ހަދާ ރިޕޯޓު އަދި އަދި ނުނިމޭ ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ހެލްތް މިނިސްޓްރީން ކުރި ޓްވީޓެއްގައި ވިދާޅުވީ ކޯވިޑް ބަލީގައި ކުޑަކުއްޖަކު ނިޔާވުމާ ގުޅިގެން ހަދަމުންގެންދާ ކޭސް ރިވިއުގެ ގިނަ މަސައްކަތްތަކެއް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި މި މައްސަލައިގައި ގިނަ ކަންކަން ބަލަން ޖެހުމުގެ ސަބަބުން އިތުރު ވަގުތު ނަގާނެ ކަމަށާއި، މަސައްކަތް ކުރަމުން ދަނީ ވީ އެންމެ އަވަހަށް މި މަސައްކަތް ނިންމުމަށް ކަމަށް ހެލްތު މިނިސްޓްރީން ވިދާޅިވެފައި ވެއެވެ.

https://twitter.com/mohmv/status/1400669433228521474?s=21

Advertisement
Allied — Dhen Online (box)

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރު ވިދާޅުވީ، އެ ރޭ އިހުމާލުގެ ރިޕޯޓު ހަދައި ނިމޭނެ ކަމަށެވެ. އަދި އެ މައްސަލައިގައި އިހުމާލުވާ ބަޔަކު ތަހުގީގުން ސާފުވާނެ ކަމަށާއި ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅުއްވާނެކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިޝްކާ ނިޔާވީ މިމަހުގެ އެއްވަނަ ދުވަހު 00.10ކަންހާއިރުއެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ 31 މެއި ދުވަހުގެ ރޭ 11:45ހާއިރުއެވެ. އެއީ އެމްބިއުލޭންސް ހޯދަން ފުރަތަމަ ގުޅިތާ 9 ގަޑިއިރު ފަހެވެ.

މިޝްކާއަކީ ކޮވިޑް-19ގައި ރާއްޖެއިން މި ދުނިޔެ ދޫކުރި އެންމެ ހަގު ކުއްޖާއެވެ. އަށާރަ އަހަރުން ދަށުގެ އެންމެ ފުރަތަމަ ފުރާނައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް