Wednesday, 4 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މިޝްކާ ނިޔާވި ހާދިސާ:ފައްސިވާ މީހުންނަށް 24 ގަޑިއިރު އޯޕީޑީގެ ޚިދުމަތް ދޭން ހަމަޖައްސައިފި

މިޝްކާ ނިޔާވި ހާދިސާ:ފައްސިވާ މީހުންނަށް 24 ގަޑިއިރު އޯޕީޑީގެ ޚިދުމަތް ދޭން ހަމަޖައްސައިފި

ކޮވިޑް-19އަށް ފައްސިވާ މީހުންނަށް 24 ގަޑިއިރު އޯޕީޑީގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައި ރާއްޖޭގެ ސިއްޙީ ދާއިރާއަށް އިސްލާހެއް ގެންނަން ނިންމައިފިއެވެ.

މިގޮތަށް ނިންމީ ފަރުވާ ދިނުން ލަސްވެ، ސިއްޙީ ދާއިރާގެ އިހުމާލުން އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުޙައްމަދު ނިޔާވުމާ ގުޅިގެންނެވެ.

މިޝްކާ ނިޔާވުމާ ގުޅިގެން ހެލްތު މިނިސްޓްރީން ހެދި ރިވިއުގައި ވަނީ ބޮޑެތި މައްސަލަތަކެއް ފާހަގަކޮށްފައެވެ. އެހެންކަމުން އެ ރިޕޯޓާ އެކު، އެފަދަ ދެ ވަނަ ހާދިސާއެއް ތަކުރާރު ނުވާނެ ގޮތަށް ގެންނަ ބަދަލުތަކެއް ވެސް ހާމަކޮށްފައިވެއެވެ.

Advertisement
HDC — Sidebar (box)

އޭގެ ތެރެއިން، މާލެ ސަރަހައްދުގައި ކޮވިޑަށް ފައްސިވާ މީހުންނަށް އައުޓް ޕޭޝަންޓް ބޭސިސްގައި ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައި އެ ތަންތަނަކީ 24 ގަޑިއިރު ހިދުމަތްދޭ ތަންތަނަށް ބަދަލުކުރުން ވަނީ ހިމަނައިފައެވެ. ރިވިއުގައި ބުނެފައިވާ ގޮތުގައި ކޮވިޑަށް ފައްސި މީހުންނަށް އޭރުން އަމިއްލައަށް ގޮސްގެން ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހޭނެއެވެ. ނަމަވެސް މި އިންތިޒާމް ހަމަޖައްސާ ގޮތުގެ ތަފްސީލެއް އަދި ހާމައެއް ކޮށްފައެއް ނުވެއެވެ.

މީގެއިތުރުން ވަކި ހިދުމަތެއްގެ ގޮތުގައި އިމަޖެންސީ މެޑިކަލް ސާވިސް (އީއެމްއެސް) ގާއިމްކޮށް އިމަޖެންސީ ހާލަތްތަކުގައި ގުޅާނެ ވަކި ހާއްސަ ނަމްބަރެއް ހަމަޖެއްސުން ވެސް ހިމެނެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް