ޚަބަރު

މާލޭ މަސްމާރުކޭޓްގައި މަސްވިއްކަން ތިބުމުގެ ފުރުސަތު ހުޅުވައިލައިފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
މާލޭގެ މަސް މާރުކެޓް ސަރަޙައްދު : ދެން އިމޭޖްސް/ އިބްރާހިމް ޝަމްވީލް

މާލޭގެ މާރުކޭޓްގައި މަސް ވިއްކަން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު އިއްޔެއިން ފެށިގެން ހުޅުވައިލައިފިއެވެ.

Ads by STELCO

މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ބުރާސްފަތި ދުވަހުގެ ކުރިން މާލޭގެ ރޯމަސް މާރުކޭޓްގައި މަސް ވިއްކަން ބޭނުންވާ މީހުން އެމީހެއްގެ މަޢުލޫމާތާ އެކު، މަސްވެރިކަމަށް ބޭނުން ކުރާ އުޅަނދުގެ ރަޖިސްޓްރޭޝަން ކޮޕީއެއް ހުށަހަޅަން ޖެހޭ ކަމަށެވެ.

މަސްވިއްކަން އެދޭ ފަރާތްތަކުގެ ފޯމް މާލޭ ސިޓީކައުންސިލުންނާއި ދަތުރުވެރިންގެ މާރުކޭޓްގައި ހުންނަ އޮފީހުން ބަލައިގަންނާނެއެވެ. އަދި ކައުންސިލްގެ މެއިލް [email protected] އަށް މެއިލް ކުރެވޭނެކަމަށް ވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

މަސްމާރުކޭޓްގައި މަސްވެރިންނާއި، މަސް ގަނެ ވިއްކާ މީހުންނަށް ހަމަހަމަ ފުރުޞަތު ދިނުމުގެ ގޮތުން އަށި ދޫކުރުމަށް ހަމަޖެހިފައި ވަނީ ގުރުއަތު ނަގައިގެންނެވެ.

މާލޭގެ މަސް މާރުކޭޓްގެ ޚިދުމަތްތަކުގެ ފެންވަރު ދަަށްވެ، ޚިދުމަތްތަކަށް ބަދަލުތަކެއް ގެންނަވާނެ ކަަމަށް މާލޭގެ މޭޔަރު މުޢިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި އެތަނުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!