ޚަބަރު

މަދަދު ބޭނުންވެފައިވާ ފަރާތްތަކަށްޓަކައި އެމަޖެންސީ ޕިކަޕުގެ ހިލޭ ހިދުމަތް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ސިނަމާލެ ބްރިޖް ސަރަޙައްދު/ ފޮޓޯ: ރާއްޖެއެމްވީ

މިދިޔަ ހަފްތާގައި ޤައުމު ސިއްސުވާލި އެއް ހާދިސާއަކީ، އުމުރުން އެންމެ 10 އަހަރުގެ ފާތިމަތު މިޝްކާ މުޙައްމަދު ނިޔާވި ޚަބަރެވެ.

Ads by MWSC

މިޝްކާ ނިޔާވީ ކޮވިޑް-19އަށް ފައްސިވެ، ފަރުވާ ލިބުމުގައި ރާއްޖޭގެ ސިއްޙީ ނިޒާމުގެ ބޮޑު އިހުމާލަކުންކަން މިހާރު ވަނީ ހާމަވެފައެވެ. އަދި އެކަމަށް ޓަކައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ މިޝްކާ ގެ މައިންބަފައިންގެ ކިބައިން މާފަށް ވެސް އެދިވަޑައިގެން، އިހުމާލުވެފައިވާ ކަމަށް އެއްބަސްވެވަޑައިގެންފައެވެ.

އެ ކުޑަ ފުރާނައަށް ފަރުވާ ދިނުމުގައި އިހުމާލުވެފައިވާ ކަމަށް ހާމަވުމުގެ އިތުރުން ފެންމަތި ވެފައިވާ އަނެއް މައްސަލައަކީ މިޝްކާއަށް ފަރުވާދޭން ގެންދަން އެމްބިއުލޭންސް އެ ގެއަށް ދިޔުން ލަސްވި ކަމެވެ. އެގޮތުން އެމްބިއުލޭންސަށް އާއިލާގެ ފަރާތުން ގުޅައިގެން، އެ ޚިދުމަތް ލިބިފައިވަނީ އެމަޖެންސީ ހާލެއް މެދުވެރިވެފަައިވާ ކުއްޖަކަށް ހިދުމަތް ލިބެންވީ ވަގުތަށް ވުރެ މާ ލަހުން ކަން ވެސް ހާމަވެފައިވެއެވެ.

ފަރުވާ ރަނގަޅަށް ނުލިބި މިޝްކާ ވަނީ އަޅުގަނޑުމެންނާ ތާއަބަދަށް ވަކިވެފައެވެ.

މިފަދަ ހިތްދަތި ހާދިސާއެއް ދެވަނަ ފަހަރަށް މެދުވެރިވިޔަ ނުދިނުމަށް ޓަކައި މާފަންނު މެދުދާއިރާއިން ވަނީ، އެމްބިއުލޭންސްގެ ހިދުމަތް ނުލިބިއްޖެ ހާލަތެއްގައި ނުވަތަ އެ ހިދުމަތް ލިބުން ލަސްވެއްޖެ ހާލަތެއްގައި ހިލޭ ޕިކަޕް ދަތުރުގެ ހިދުމަތް ދޭން ފަށައިފައެވެ.

މިކަމާ ގުޅޭގޮތުން "ދެން" އަށް މައުލޫމާތު ދެމުން، މިކަމުގައި އެންމެ އިސްކޮށް އުޅޭ އެއް ފަރާތް ކަމުގައިވާ މުޙައްމަދު ރިޝާން ބުނީ، މިއީ މާފަންނު މެދު ދާއިރާގެ ގެތަކަށް ޚާއްސަ ކޮށްގެން ދޭން ނިންމި ހިދުމަތެއް ކަމަށެވެ.

"އަދި ވިސްނައިފައި މިވަނީ މާފަންނު މެދު ދާއިރާއަށް. އެއީ މިކަމުގައި (އެމަޖެންސީކޮށް ހިލޭ ޕިކަޕް ދަތުރު ދިނުމުގައި) ހަރަކާތްތެރި މިވަނީ ހަމަ ކާން ބޯން ވެސް ޕިކަޕުގެ ދަތުރުތައް ކުރާ، ބުރަކޮށް އުޅޭ ފަރާތްތަކެއް ކަމަށް ވާތީ" ރިޝާން ބުންޏެވެ.

ރިޝާން ބުނި ގޮތުގައި އެމަޖެންސީ ހާލަތެއްގައި ހޮސްޕިޓަލަށް ދާން ބޭނުންވެއްޖެ ނަމަ، މިކަމުގައި އުޅޭ 6 މީހުންގެ ތެރެއިން މީހަކަށް ގުޅާލުމުން އެ ހިދުމަތް ލިބޭނެއެވެ.

އެމަޖެންސީކޮށް ޕިކަޕްގެ ހިދުމަތް ހިލޭ ފޯރު ކޮށްދޭ ނަންބަރުތައް:

▪︎ 7777844 - ޝަފީޤް
▪︎ 7774211 - ގޭސް ދޮންބެ
▪︎ 9993499 - ސޮބާ (ސޮއްބު)
▪︎ 7765219 - އަޒްމީ
▪︎ 9102434 - އިއްސެ
▪︎ 7678281 - އަލީ މުހައްމަދު

މި ހިދުމަތުގައި އުޅޭ އެކަކު ކަމަށްވާ ގޭސް ދޮންބެ ބުނީ، ގުޅުމުގެ އިތުރުން މަގުމަތިން ދާއިރު ވެސް ކުއްލި ހާލަތެއް ދިމާވެގެން ހޮސްޕިޓަލަށް ދާން ބޭނުންވި ކަމުގައި ވިޔަސް އެ ހިދުމަތް ލިބޭނެ ކަމަށެވެ.

މިކަމުގައި އުޅޭ އެހެން ފަރާތެއް ކަމުގައިވާ އަލީ މުހައްމަދު ބުނީ މި ހިދުމަތް ފަށަން އިއުލާނު ކޮށްފައި ވަނީ ރޭގައި ކަމަށާއި ނަމަވެސް އަދި ދަތުރެއް ނުލިބޭ ކަމަށެވެ.

Ads by HDC
  1. ޢަލީ

    ން ކޯލް ސެންޓަރެއް……އެކެއް ޖައްސަވާ ދޭއް ޖައްސަވާ….މިއޮތް ތަޢުލީމީ މީހުންނާ ވަސީލަތްތައް ހުރި ޒަމާނުގައި ކީއް ތިކުރަނީ.ކަން ކުރެވޭ ޒާތުގެ އެންމެ މީހެއް ބޭނުމީ(އޮގަނައި ޒަރެއް) ……….އަޑު އައްސަވާ…
    މަޝްހޫރު ކޮލަރާ :- މަރުޙޫމު ސައިކުރާ ނަޢީމު ހަވާލުވެ ގެންގުޅުއްވީ ދެތިން ފިބާ ފުލައިވޫޑު ދެފިލާ ފަސް ވޯކީޓޯކީ ރޭޑިޔޯ ސެޓެއް ޕިންފޮށްޓެއް ރާއްޖޭގެ ވަޅުވަޅަށް ބޭސް އެޅި ބަލި މީހުނަށް ބޭސް ދިން ޖޫސް ދޭންވާ މީހުނަށް ޖޫސްވެސް ދިން އޮފީސް ތަކަށް އަންގާ އެންގުންތައް އެންގި ރައީސަށް ރިޕޯޓު ދިން.