ޚަބަރު

ޤާނޫނީ ވަކީލަކު އައްޔަން ކޮށްފައެއް ނުވާނެ: މިޝްކާގެ އާއިލާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
މިޝްކާ ޖަލްސާއެއްގައި އައިޓަމެއް ހުށަހަޅަނީ

މި މަހުގެ 2 ވަނަ ދުވަހުގެ ރޭ ނިޔާވި އުމުރުން އެންމެ 10 އަހަރުގެ ފާތިމަތު މިޝްކާ މުޙައްމަދުގެ މަރާ ގުޅިގެން ތެދު ނޫން މައުލޫމާތު ފެތުރުން ކުށްވެރި ކުރާ ކަމަށް މިޝްކާގެ އާއިލާއިން ބުނެފިއެވެ.

Ads by Hajj Corporation

މިޝްކާގެ ބައްޕަ މުޙައްމަދު އަހުމަދު ސޮއިކޮށް މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިޝްކާގެ ހިތާމަވެރި މަރާ ގުޅިގެން މީސް މީޑިއާގައާއި ނޫސްތަކުގައި ތަފާތު ވާހަކަ ދައްކައި ތެދު ނޫން މައުލޫމާތު ޝާއިއު ކުރުން ކުށްވެރި ކުރާ ކަމަށެވެ.

"ދެން" އަށް އެނގިފައިވާ ގޮތުގައި މިޝްކާގެ އާއިލާއިން މިހެން ބުނެފައި ވަނީ "މިޝްކާގެ އާއިލާއަަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ލޯޔަރު އިއްސެ އަދި ޓޯޓަލް ލީގަލް ސޮލިއުޝަން ލޯ ފާމުގެ ޓީމެއް ތައްޔާރު ވެއްޖެ" ކަމަށް ބުނެ މީސް މީޑިއާ ޕޭޖެއް ކަމަށްވާ "އެމްވީ ކްރައިސިސް"އިން ރިޕޯޓު ކުރުމާ ގުޅިގެންނެވެ.

"އަދި، މި ހިނދުގައި އާއިލާއިން ޤާނޫނީ ލަފާ ހޯދަމުން ދިޔަ ނަމަވެސް އެއްވެސް ވަކީލަކު ނުވަތަ ލޯ ފާމެއް އައްޔަން ކޮށްފައި ނުވާނެ" މިޝްކާގެ އާއިލާ އިން ބުނެފައިވެއެވެ.

މިއީ އެ އާއިލާއަށް ފޫނުބެއްދޭނެ ވަރުގެ ހިތާމައަކާ ކުރިމަތިވެފައިވާ ވަގުތެއްކަން ޤަބޫލުކޮށް އާއިލާއަށް އިތުރު ހިތްދަތިކަމާއި ތުރާލަކަށް ވާނެ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް ވެސް އެ އާއިލާއިން އެދިފައިވެއެވެ.

އަދި، އިންސާނިއްޔަތުކަން އިސްކުރައްވައި މިޝްކާގެ އާއިލާއަށް ކެތްތެރިކަން ދެއްވުމަށާއި މިޝްކާގެ ފާފަ ފުއްސަވައި ފުރާނައަށް ހެޔޮ ރަޙްމަތްލެއްވުން އެދި ދުޢާ ކޮށްދެއްވުމަށް ވެސް އެ އާއިލާއިން އެދިފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!