Tuesday, 3 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ވެންޓިލޭޓަރު ހިޔާނާތް:ދެ މަސް ވީއިރު ވެސް ދިރާސާ ނުނިމޭ

ވެންޓިލޭޓަރު ހިޔާނާތް:ދެ މަސް ވީއިރު ވެސް ދިރާސާ ނުނިމޭ

ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ހޯދުމުގައި ހިޔާނާތްތެރިވީ މައްސަލަ ދިރާސާ ކުރާތާ ދެ މަސް ވީ ނަމަވެސް، އަދިވެސް އެ ދިރާސާގެ މަސައްކަތްތައް ނުނިމޭ ކަމަށް އެ މައްސަލަ ބަލަމުންދާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވިދާޅުވެއްޖެއެވެ.

ވެންޓިލޭޓަރުގެ މައްސަލަ، އޭސީސީން ނިންމައި 12 މީހެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ދެ ފަހަރު ފޮނުވުމުން ވެސް ހެކި ނެތް ކަމަށް ވިދާޅުވެ އެ އިދާރާއިން ނިންމެވީ ދައުވާ ނުކުރާށެވެ. ނަަމަވެސް މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ ބައެއް މެމްބަރުން ދޫ ނުދެއްވުމުން އެ މައްސަލަ ރިވިއު ކުރުމަށް ފަހު އަލުން ދައުވާ ކުރަން ފޮނުވަން ޕީޖީން އޭސީސީގައި އެދުނެވެ.

އޭސީސީން އެ މައްސަލަ އަލުން ބަލަން ފެށިތާ މިހާރު ދެ މަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

Advertisement
Ooredoo — Square (box)

އޭސީސީގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ޕީޖީން އެންގި ގޮތަށް ތަހުގީގު އިތުރަށް ފުރިހަމަކޮށް މައްސަލަ ބަލަމުން ގެންދާ ކަމަށެވެ. އެހެން ނަމަވެސް އަލުން ބަލާތާ ދެމަސްވެފައިވާ އެ މައްސަލައިގެ އިތުރު ތަފްސީލެއް ނުދެއެވެ.

މިކަމާ ގުޅޭގޮތުން މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ޕީޖީން އެންގި ގޮތަށް ތަހުގީގު އިތުރަށް ފުރިހަމަކޮށް މައްސަލަ ބަލަމުން ގެންދަވާ ކަމަށެވެ. އެހެން ނަމަވެސް މި މައްސަލައިގެ އިތުރު ތަފްސީލެއް ނުދެއްވައެވެ.

ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ގެންނަން އުޅުނު ވެންޓިލޭޓަރުތަކުގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ނިންމާ އެ މައްސަލައިގައި ޒިންމާވާން ޖެހޭ ފަރާތްތަކަށް ދައުވާ ކޮށްދިނުމަށް އޭސީސީން ޕީޖީ އޮފީހުގައި އެންމެ ފުރަތަމަ އެދުނީ އޮކްޓޫބަރު 14، 2020 ގައެވެ. ނަމަވެސް ޕީޖީން އެފަހަރު ނިންމީ ދައުވާ ނުކުރާށެވެ.

މި މައްސަލަ އަލުން ބެލުމަށް ފަހު ދައުވާކުރަން ދެވަނަ ފަހަރަށް ވެސް އޭސީސީ އިން ފޮނުއްވިއެވެ. ނަމަވެސް ޕީޖީ އޮފީހުން އެފަހަރު ވެސް ދައުވާ ނުކުރަން ނިންމިއެވެ. މި މައްސަލަ އަލުން ރިވިއު ކުރުމަށް ފަހު ޕީޖީއަށް ފޮނުވަން އޭސީސީ އަށް އެންގީ މިދިޔަ މާޗް މަހުގެ 29 ވަނަ ދުވަހުއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް