Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އެންބިއުލެންސް ލަހެއް ނުވޭ، އެންބިއުލެންސްއާ ހަމައަށް މެސެޖު ދިއުން ލަސްވީ: މިނިސްޓަރ ނަސީމް

އެންބިއުލެންސް ލަހެއް ނުވޭ، އެންބިއުލެންސްއާ ހަމައަށް މެސެޖު ދިއުން ލަސްވީ: މިނިސްޓަރ ނަސީމް

މި މަހުގެ ގެ ދެވަނަ ދުވަހު ނިޔާވި އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުޙައްމަދަށް ފަރުވާ ދޭން ގެންދިޔުމަށް، އެ ގެއާ ހަމައަށް އެންބިއުލެންސް ދާން ލަސް ނުވާ ކަމަށާއި އެންބިއުލެންސާ ހަމައަށް މެސެޖު ދިއުން ލަސްވީ ކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ކޮވިޑް ހާލަތާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު މިވަގުތު ކުރިއަށް ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ހެލްތު މިނިސްޓަރ ވިދާޅުވީ މިޝްކާ ނިޔާވި މައްސަލައިގެ މުޅި ރިޕޯޓު އަދިވެސް ނުނިމޭ ކަމަށާއި ނިމެން ހަފްތާއެއް ނަގާނެ ކަމަށެވެ.

އޭގެ އިތުރުން މިޝްކާއަށް ފަރުވާ ދޭން ގެންދަން އެމްބިއުލޭންސް ލަސްވީ ނޫން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

"ހަގީގަތުގައި މި ރިޕޯޓުން ދައްކާ ގޮތުގައި އެމްބިއުލޭންސް ލަސްވީކީ ނޫން، އެމްބިއުލޭންސާ ހަމައަށް މެސެޖު ނުގޮސްގެން ލަސްވީ. އެމްބިއުލޭންސަށް އެނގުމުން 10 މިނެޓު ތެރޭގައި އެ ގެއަށް ގޮސްފައި ވަނީ" ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ނަސީމް ވިދާޅުވީ، އެމްބިއުލޭންސް ދުއްވަން ތިބޭ މީހުންނަށާއި އޭގައި ތިބޭ ސިއްހީ ހިދުމަތްތެރިންނަށް އެމަނިކުފާނު އިތުބާރު ކުރައްވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް