ޚަބަރު

ޔޫރޯ މުބާރާތުގެ ފޯރި ގަދަކޮށްލުމަށް، އެމްއެންޔޫއެސްޔޫ ލޮކްޑައުން ޔޫރޯ ފޯރި!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މާދަމާ ފެށުމަށް ހަމަޖެހިފައިވާ ޔޫރަޕުގެ ގައުމުތަކުގެ މެދުގައި ކުރެވޭ އެންމެ ބޮޑު މުބާރާތް "ޔޫރޯ 2020"އާ ދިމާކޮށް "އެމްއެންޔޫއެސްޔޫ ލޮކްޑައުން ޔޫރޯ ފޯރި"ގެ ނަމުގައި ދިިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަނުން ހަރަކާތެއް ކުރިއަށް ގެންދަން ނިންމައިިފިއެވެ.

Ads by MWSC

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އާންމުންނަށް ވެސް ވަނީ ހުޅުވައިލެވިފައެވެ.މި މުބާރާތް ކުރިއަށް ދާނީ އެމްއެންޔޫއެސްޔޫގެ ފޭސްބުކް ޕޭޖުގައެވެ. މި މުބާރާތުގެ އެކި ވަނަތަކަށް އެމްއެންޔޫއެސްޔޫގެ ފަރާތުން ވަނީ ތަފާތު އިނާމުތައް ދޭން ނިންމައިފައެވެ.

ޗެލެންޖުގެ ބުރުތައް:

(ހ) ގްރޫޕް ސްޓޭޖް ފުރަތަމަ ބުރު (12 މެޗު)

(ށ) ގްރޫޕް ސްޓޭޖް ދެވަނަ ބުރު (12 މެޗު)

(ނ) ގްރޫޕް ސްޓޭޖް ތިންވަނަ ބުރު (12 މެޗު)

(ރ) ރައުންޑް އޮފް 16 (8 މެޗު)

(ބ) ކުއާޓާ ފައިނަލް (4 މެޗު)

(ޅ) ސެމީ ފައިނަލް (2 މެޗު)

(ކ) ފައިނަލް (1 މެޗު)

ޕޮއިންޓު ދޭނެގޮތުގެ އުސޫލު:

(ހ) ހޯމް ޓީމްގެ ރަނގަޅު ސްކޯ ދިމާކޮށްފިނަމަ 1 ޕޮއިންޓު

(ށ) އަވޭ ޓީމްގެ ރަނގަޅު ސްކޯ ދިމާކޮށްފިނަމަ 1 ޕޮއިންޓު

(ނ) ދެ ޓީމުގެ ފަރަގު ދިމާކޮށްފިނަމަ 1 ޕޮއިންޓު

(ރ) ޕޯސްޓަރުގައި ފުރަތަމަ ހިމެނިފައިވާ ޓީމަކީ ހޯމް ޓިމެވެ.

(ބ) ޕޯސްޓަރުގައި ދެވަނައަށް ހިމެނިފައިވާ ޓީމަކީ އަވޭ ޓިމެވެ.

މުބާރާތުގެ ޤަވާޢިދު މި ލިންކުން ފެންނާނެއެވެ.

މުބާރާތުގައި ބައިވެރިވި ނަމަވެސް، އެމް.އެން.ޔޫ ދަރިވަރުން އެކުދިންގެ އިމްތިޙާނުތަކަށް ރަނގަޅަށް ފަރިތަކުރުމަށާއި، ހުރިހާ ބައިވެރިން ވެސް ވީވަރަކުން ގޭގައި ތިބެ، ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް އެމް.އެން.ޔޫ.އެސް.ޔޫއިން އިލްތިމާސްކުރެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!