Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ހެޔޮ ބަދަލަކަށް އެދި ގެނައި ސަރުކާރު ދާގޮތް ފެނުމުން ހިތަށް އަސަރު ކުރޭ: ދިޔާނާ

ހެޔޮ ބަދަލަކަށް އެދި ގެނައި ސަރުކާރު ދާގޮތް ފެނުމުން ހިތަށް އަސަރު ކުރޭ: ދިޔާނާ

ހެޔޮ ބަދަލަކަށް އެދި އެތައް ބައެއްގެ އެތައް ޤުރުބާނީއަކުން ގެނައި ސަރުކާރު ކުރިއަށް ދާގޮތް ފެނުމުން ހިތަށް އަސަރު ކުރާ ކަމަށް ކުރީގެ ބަންޑާރަ ނާއިބު ދިޔާނާ ސަޢީދު ވިދާޅުވެއްޖެއެވެ.

ދިޔާނާ މިފަދައިން ވިދާޅުވީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފްގެ މައްޗަށް ދައުވާ ކުރަން ފޮނުވިފައި ވާތީ މިނިސްޓަރުކަމުގެ މަގާމުން ސަސްޕެންޑް ކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ނިންމެވުމާ ގުޅިގެންނެވެ.

މިކަމާއި ގުޅިގެން ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހެޔޮ ބަދަލަކަށް އެދި އެތައް ބައެއްގެ އެތައް ޤުރުބާނީއަކުން ގެނައި ސަރުކާރު ދާގޮތް ފެނުމުން ހިތަށް ކުރަނީ އަމަށަކު އަސަރެއް ނޫން ކަމަށެވެ

Advertisement
Ooredoo — Square (box)

https://twitter.com/dhiyanasaid/status/1402911368857063425?s=21

“ސަސްޕެންޑްކޮށްފި، ސަސްޕެންޝަން އުވާލައިފި، ސަސްޕެންޑްކޮށްފި، ސަސްޕެންޝަން އުވާލައިފި، މީ ކޮން މަދަރުސާއެއްގެ އިދާރާއެއް ބާއޭ ވެސް ހިތަށް އަރަން ފަށައިފި. ހެޔޮ ބަދަލަކަށް އެދި އެތައް ބައެއްގެ އެތައް ޤުރުބާނީއަކުން ގެނައި ސަރުކާރު މިދާ  ގޮތް ފެނުނީމަ ހިތަށް ކުރަނީ އަމަށަކު އަސަރެއް ނޫން” ދިޔާނާ ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން މިނިސްޓަރ މަހްލޫފަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕީޖީއަަށް ފޮނުވީ އިއްޔެގެ ވަގުތެއްގައެވެ.

ދާދި ފަހުން މަޖިލީހުން އާންމު ކުރި، އެސެޓް ރިކަވަރީ ކޮމިޝަނުން ތައްޔާރު ކުރި ޚިޔާނާތުގެ ލިސްޓުގައި ވެސް މަހުލޫފްގެ ނަން އޮތެވެ. އެހެން ނަމަވެސް މަލުލޫފް ވިދާޅު ވަނީ އޭނާއަށް އެ ފައިސާ ލިބިވަޑައިނުގަންނަވާ ކަމަށެވެ.

މި މައްސަލައިގައި މީގެ ކުރީން ވެސް މަހުލޫފް ވަނީ ސަސްޕެންޑް ކުރައްވައިފައެވެ. ނަމަވެސް އަލުން މަސައްކަތަށް ނިކުންނެވުމަށް އެންގެވީ އޭނާގެ މައްސަލައެއް އޭރު ބަލަމުން ނުދާތީއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް