Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އެލްޖީއޭ ބޯޑަށް ފުވައްމުލަކު މޭޔަރު އިންތިޚާބުވެއްޖެ

އެލްޖީއޭ ބޯޑަށް ފުވައްމުލަކު މޭޔަރު އިންތިޚާބުވެއްޖެ

ލޯކަލް ގަވަރމެންޓް އޮތޯރިޓީ(އެލްޖީއޭ)ގެ ބޯޑަށް ފުވައްމުލަކުގެ މޭޔަރު އެމްޑީޕީގެ އިސްމާއީލް ރަފީގު އިންތިޚާބު ވެއްޖެއެވެ.

މޭޔަރުންގެ ތެރެއިން އެލްޖީއޭ ބޯޑްގައި ހިމެނޭ މެމްބަރުކަމަށް ރަފީގު އިންތިޚާބުވީ ސިޓީ ކައުންސިލް މެމްބަރުންގެ 24 ވޯޓް ހޯއްދަވައިގެންނެވެ. ރަފީގުއާ ވާދަ ކުރެއްވި މާލޭ މޭޔަރ މުހައްމަދު މުއިއްޒަށް ލިބިވަޑައިގަތީ 21 ވޯޓެވެ.

މުއިއްޒު ބަލިވި ނަމަވެސް އޭނާ ވަނީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ އައްޑޫ ކައުންސިލުން 7 ވޯޓް ހޯދައި އެ ސިޓީގެ ފޮށިން މެޖޯރިޓީ ހޯއްދަވައިފައެވެ.

Advertisement
Allied Insurance — Square (box)

އެލްޖީއޭގެ ބޯޑަށް އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން ހޮވިވަޑައިގަތީ މާލެ އަތޮޅުގެ ރައީސް ޕީޕީއެމްގެ މުހައްމަދު ނިމާލެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް