އަންނައުނުން ތަތްމުޑު ވަސް ފިލުވާނީ ކިހިނެތް؟
ތަފާތު ވައްތަރުގެ މީރު ދުވަސް ދުވާ ދޮންނަ ފުޅިތައް ގަނެގެން ވެސް އަންނައުނުން ތަތްމުޑު ވަސް ނުފިލައިގެން އުޅެން ޖެހެނީ ކިތައްކިތައް މީހުންނަށް ހެއްޔެވެ؟ އެންމެ ފަހުން ގޮތް ހުސްވެގެން ޖެހެނީ އެ ވަސް ދުވާ އަންނައުނެއް އެއްލައިލާށެވެ. އެހެން ނަމަވެސް ހަޤީޤަތުގައި އަންނައުނުން ތަތްމުޑު ވަސް ފިލުވައިލުމަކީ ނުހަނު ފަސޭހަ ކަމެކެވެ.
އަންނައުނުގައި ތަތްމުޑު ވަސް ހިފުމަށް މެދުވެރި ވަނީ ކީއްވެ؟
އަންނައުނުގައި ތަތްމުޑު ވަސް ހިފާ އެއް ސަބަބަކީ އެ އަންނައުނެއް ބޭނުން ނުކޮށް ގިނަ ދުވަސް ވަންދެން ވައި ބަންދު ތަނެއްގައި އޮތުމެވެ. ނުވަތަ ތުވާލި ފަދަ ތަކެތި ތެމިފައި އޮންނަ އިރު ބޮނޑިކޮށްފައި ބޭއްވޭތީއެވެ. މިފަދަ ތަކެތީގައި ތަތްމުޑު ވަސް ހަރުލަނީ އޭގައި އުފެދޭ ފަންގަހެއްގެ ސަބަބުންނެވެ. ނަމަވެސް މި ފަންގަސް ނައްތައިލެވި އަންނައުނުގައި ހުންނަ ތަތްމުޑު ވަސް ފިލުވައި ލެވިދާނެއެވެ.
ތަތްމުޑު ވަސް ފިލުވުމަށް ޓަކައި އާންމުކޮށް ކުރެވިދާނެ ބައެއް ކަންކަން
މަތީގައި ބުނެވިދިޔަ ކަންކަމުގެ އިތުރުން ބައެއް އެހެން ސަބަބުތަކާ ހުރެ ވެސް އަންނައުނުގައި މިފަދަ ނުބައި ވަސް ހަރުލައެވެ. އެހެން ކަމުން މިކަމުން ދުރުވުމަށް ޓަކައި ކުރެވިދާނެ ބައެއް ކަންކަމަށް ބަލައިލާނަމެވެ.
އެންމެ ފުރަތަމަ ވެސް ބުނަން އޮތީ ނުކުރަން ޖެހޭ ކަމެއްގެ ވާހަކައެވެ. ގަދަ ސެންޓު ނުވަތަ ޑިޓާރޖެންޓް ފަދަ ތަކެތި މި ވަސް ފިލުވާލުމަށް ބޭނުން ނުކުރާށެވެ. ސަބަބަކީ އޭގެން ވަސް ނުފިލާނެތީއެވެ. އަދި ކުޑަ ހިނދުކޮޅަކަށް ވަސް ފިލި ކަމުގައި ވިޔަސް އެއީ ދާއިމީ ހައްލެއް ކަމުގައި ނުވާނެތީއެވެ. މީގެ އިތުރުން ދެވަނަ ކަމެއްގައި ގޮތުގައި އަންނައުނު ދޮންނަ މެޝިން ސާފުކޮށް ބެހެއްޓުމަށް ސަމާލުކަން ދޭށެވެ. މެޝިނަކީ އޭގެ ޒާތުގައި ވެސް ޖަރާސީމު އެކުލެވިގެންވާ އެއްޗެކެވެ.
އަންއުނުން ތަތްމުޑު ފިލުވާލަން އަމަލުކުރަންވީ ގޮތް....
އަންނައުނުން ތަތްމުޑު ވަސް ފިލުވަން އޮތް އެންމެ ފަސޭހަ ގޮތަކީ ވިނިގާ އަދި ބޭކިންގެ ސޮޑާ ބޭނުން ކުރުމެވެ. މިއީ އާންމުކޮށް ގޭގައި ބޭނުންކުރާ އެއްޗެއް ކަމުން ފަސޭހައިން ލިބޭނެއެވެ. އެހެންކަމުން މިއޮތީ ހަރަދު ކުޑަ ގޮތަކަށް އަންނައުނުން ވަސް ފިލުވޭނެ ގޮތެކެވެ.
އެންމެ ފުރަތަމަ ވިނެގާއިން އަންނައުނު ރީތިކޮށް ދޮވެލާށެވެ. މެޝިނަށް އަންނައުނާ އެކަށީގެންވާ ވަރަށް ވުރެ ތަންކޮޅެއް ގިނައިން ފެންއެޅުމަށް ފަހު އެއް ތަށި ވިނެގާރ ( 1 ކަޕް ) އަޅައިލާށެވެ. ދެން އިތުރު އަންނައުނު ދޮންނަ ޑިޓާރޖެންޓް އެޅުމަކާ ނުލައި މެޝިން ޖައްސައިލާށެވެ. މީގެ ސަބަބުން މެޝިން އަދި އަންނައުނުގައި ހުންނަ ފަންގަސް ފަސޭހައިން މަރުވެދާނެއެވެ.
ވިނެގާއިން އަންނައުނު ދޮވުމަށް ފަހު އަނެއްކާވެސް މެޝިން ތެރޭގައި ރީތިކޮށް އަތުރައިލާށެވެ. އަދި އޭގެ މައްޗަށް ބޭކިންގެ ސޮޑާ އެއް ތަށި ( 1 ކަޕް ) އަޅައިލާށެވެ. އަދި މިފަހަރު މެޝިން ޖައްސާއިރު ފެން ހޫނުކޮށް ޖައްސާށެވެ. ކުރިއެކޭ އެއްފަދައިން މި ފަހަރުވެސް އިތުރު ޑިޓާރޖެންޓެއް ބޭނުން ނުކުރާށެވެ.
އަންނައުނު ދޮވެ ނިމުމުން އަވީގައި ހިއްކަން އަޅާށެވެ. ސަބަބަކީ އިރުގެ އައްޔަކީ އޭގެ ސަބަބުން ބެކްޓީރިއާތައް މަރުވާ އެއްޗެއް ކަމަށްވާތީއެވެ. އަވީގައި ހިއްކަން އެޅޭނެ ގޮތެއް ނެތްނަމަ މެޝިނުގެ އެހީގައި ވެސް މިކަން ކުރެވިދާނެއެވެ. ނަމަވެސް އެންމެ ފައިދާ ކުރުވަނިވި ގޮތަކީ އިރުގެ އަވިން އަންނައުނު ހިއްކުމެވެ.
ސޯސްޱް ހުސްކުރި ދަޅަކައްލާފަ މަތިޖަާ