Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ވިލިނގިލިން އިތުރު 10 މީހުން ފައްސިވެއްޖެ

ވިލިނގިލިން އިތުރު 10 މީހުން ފައްސިވެއްޖެ

ގއ.ވިލިނގިލިން މިއަދު އިތުރު 10 މީހަކު ކޮވިޑަށް ފައްސިވެއްޖެއެވެ.

ވިލިނގިލީ ހޮސްޕިޓަލުން މިރޭ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ރަށުން މިހާތަނަށް ޖުމްލަ 96 މީހުން ކޮވިޑް-19އަށް ފައްސިވެފައިވެއެވެ. އަދި 61 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ. އަދި މިވަގުތު އެރަށުގެ ހަރަކާތްތެރި ވޭދަނައިގެ އަދަދަކީ 35 އެވެ.

ވިލިނގިލީ މުޖުތަމައުގެ ތެރެއިން ބަލި ފެނުމާ އެކު އެރަށް މިދިޔަ މަހުގެ ތެރޭގައި ވަނީ މޮނީޓަރިންގ ހާލަތަށް ގެނެސްފައެވެ. ވިލިނގިލީގައި ކޮވިޑް-19ގެ ހާލަތު ގޯސްވުމާ ގުޅިގެން އެ ރަށުގައި ވެސް މިވަގުތު ވަނީ ކާފިއު އިއުލާނު ކޮށްފައެވެ. އެގޮތުން އެ ރަށުގައި އިރުއޮއްސި 18:00 އިން ފަތިހު 04:00އަށް ކާފިއު ހިންގައެވެ.

Advertisement
Allied — Dhen Online (box)

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވާން ފެށީ މިދިޔަ މެއިމަހުގެ ތެރޭގައެވެ. އެއާއެކު ސަރުކާރުން އެޅި ހަރުކަށި ފިޔަވަޅުތަކަށް ފަހު ފައްސިވާ އަދަދު މިހާރު ވަނީ މަދުވާން ފަށައިފައެވެ. އަދި މިހާރު ސަރުކާރުން ވަނީ ބައެއް ފިޔަވަޅުތަކަށް ލުއިދޭން ފަށައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް