Thursday, 29 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ފަރެސްމާތޮޑާއިން އިތުރު 8 މީހުން ކޮވިޑް-19އަށް ފައްސިވެއްޖެ

ފަރެސްމާތޮޑާއިން އިތުރު 8 މީހުން ކޮވިޑް-19އަށް ފައްސިވެއްޖެ

ގދ. ފަރެސްމާތޮޑާއިން މިއަދު އިތުރު 8 މީހަކު ކޮވިޑަށް ފައްސިވެއްޖެއެވެ.

ފަރެސްމާތޮޑާއިން މިރޭ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ ރަށުން މިހާތަނަށް ޖުމްލަ 59 މީހުން ކޮވިޑް-19އަށް ފައްސިވެފައިވެއެވެ. އަދި 11 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ. އަދި މިވަގުތު އެރަށުގެ ހަރަކާތްތެރި ވޭދަނައިގެ އަދަދަކީ 48އެވެ.

ފަރެސްމާތޮޑާ މުޖުތަމައުގެ ތެރެއިން ބަލި ފެނުމާ އެކު ވަނީ މޮނީޓަރިންގ ހާލަތަށް ގެނެސްފައެވެ. ފަރެސްމާތޮޑާގައި ކޮވިޑް-19ގެ ހާލަތު ގޯސްވުމާ ގުޅިގެން އެ ރަށުގައި ވެސް މި ވަގުތު ވަނީ ކާފިއު އިއުލާނު ކޮށްފައެވެ. އެގޮތުން އެ ރަށުގައި އިރުއޮއްސި 18:00 އިން ފަތިހު 04:00އަށް ކާފިއު ހިންގައެވެ.

Advertisement
Allied — Dhen Online (box)

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވާން ފެށީ މިދިޔަ މެއިމަހުގެ ތެރޭގައެވެ. އެއާއެކު ސަރުކާރުން އެޅި ހަރުކަށި ފިޔަވަޅުތަކަށް ފަހު ފައްސިވާ އަދަދު މިހާރު ވަނީ މަދުވާން ފަށައިފައެވެ. އަދި މިހާރު ސަރުކާރުން ވަނީ ބައެއް ފިޔަވަޅުތަކަށް ލުއިދޭން ފަށައިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް