މޮނިޓަރިންގައި އޮތް ހުޅުދުއްފާރަށް އަނގޮޅިތީމުން އެހީވެދީފި

ކޮވިޑް19ގެ ފައްސި ވޭދަނަތަކެއް ފެނި މޮނިޓަރިންއަށް ލައިފައިވާ ހުޅުދުއްފާރުގެ ރައްޔިތުންނަށް އަވަށްޓެރި އަނގޮޅިތީމުން އެހީވެދީފިއެވެ.
އަނގޮޅިތީމު ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ޝާހީން "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ހަރަކާތަކީ އެ ރަށުގެ ޒުވާނުން އިސްނަގައިގެން ހިންގި ހަރަކާތެއް ކަމަށެވެ. މި ހަރަކާތުގެ ދަށުން 1000 ކިލޯގެ ކަނޑު މަސް ހުޅުދުއްފާރު ރައްޔިތުންނަށް ދީފައިވާ ކަމަށް ވެސް ޝާހީން ވިދާޅުވިއެވެ.
ހުޅުދުއްފާރުން މިހާތަނަށް 43 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. އަދި ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި 8 މީހަކު އެ ރަށުގައި އެބަތިއްބެވެ.އެ ރަށުގެ 14 ގެއެއް މިހާރު ވެސް ހުރީ ކަރަންޓީނުކޮށްފައެވެ. އަދި ރަށް ވެސް މޮނިޓަރިންގައި އޮންނަތާ މިއަދު މިއީ 40 ވަނަ ދުވަހެވެ. ރާއްޖޭގެ ގިނަ ރަށްރަށެކޭ އެއްފަދައިން ހުޅުދުއްފާރު ވެސް ބަންދުގައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވުމާއެކު އާމްދަނީ ހޯދުމަށް ގިނަ ބަޔަކު ކުރާ މަސައްކަތްތަކަށް ވަނީ ހުރަސް އެޅިފައެވެ.

ޝާހީން ވިދާޅުވީ މި އެހީގެ ސަބަބުން ހުޅުދުއްފާރުގެ ރައްޔިތުންނަށް ކޮންމެވެސް މިންވަރެއްގެ ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމަށާއި އެހީވުމުގައި ބައިވެރިވި އެންމެހައި ފަރާތްތަކަށާއި އަނގޮޅިތީމު އެންމެހައި ރައްޔިތުން ދައްކަވަމުންދާ އެކުވެރިކަމާއި ބަދަހިކަމަށް ޓަކައި އެ އެންމެންނަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

ކޮވިޑްގެ ވޭދަނަތައް ފެނި ރާއްޖޭގެ ގިނަ ރަށްރަށެއް މިވަގުތު އޮތީ މޮނިޓަރިންގައެވެ. ޝާހީން ވިދާޅުވީ މޮނިޓަރިންގައި އޮތް ރ،އަތޮޅުގެ އެހެނިހެން ރަށްރަށަށް އެހީވުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށައިފައި ކަމަށެވެ. އެގޮތުން އަނގޮޅިތީމުން ވަނީ ދުވާފަރަށް 2000 ކާށި ވެސް ހަދިޔާ ކޮށްފައެވެ.
ދުވާފަރުގައި ދިރިއުޅޭ ކަނދޮޅުދޫގެ ގިނަ ރައްޔިތުންނަކީ ސުނާމީގެ މަތިންއެއްވެސް ވަރަކަށް ހަނދާންހުރި ބައެއްނޫން.
އެދުވަހު ހާލުގައި ޖެހުމުން ހާއްސަކަށް އުނގޫފާރުމީހުން އަޅާލަ ވީއެހީތެރިކަން އެއްވެސްވަރަކަށް ހަނދާނެއްނެތް.
މިއަދު މިދަތި ހާލުގައި ދުވާފަރު ގިނަ މަސްވެރިންްް މަސްބާނައިގެން އަންނައިރު ހުޅުދުއްފާރަށް 15ރ އަށްވިއްކާ މަސް އުނގޫފާރަށް 20ރ 22ރ އަށް އެބަ ވިއްކާ ހަދާ. ގައިމު މި ދަނޑިވަޅުގައި ކީއްތަވާނީ… މަސްކޮޅު ހިލޭސާބަހަށް ލިއްލާހިއަށްޓަކައި ބަހާލިއް
މުޅިއަތޮޅު އެއް އަޑަކުން މި ގޮވާ ނަގަނީ އުނގޫފާރު ނޫން އެހެން ގޮތެއް. ކޮބާތޯ މައްސަލައަކީ؟
އަހަރެން ހަމަ ގައިމުވެސް އުނގޫފާރު ރައްޔިތުންނަށްޓަކައި ފަހުރުވެރިވަން،،އެތާނގަ އަހަރެމެންގެ އާއިލާ މީހުންވެސްއެބަ އުޅޭ. ވަރަށްހެޔޮ
ވަށްބަހުން މަލާމާތް ކުރުން..
ޢުނގޫފާރު މީހުން އެކަންޏެއް ނޫން ދުވާފަރު މީހުންނަށް އެހީވީ. ރ. އަތޮޅުގެ ވަރަށް ގިނަ ރަށްރަށުން އެހީވި.
އަނގޮޅެތީމް ރައްޔިތުން ތި ދެއްވި އެހީއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ..ﷲތިޔަ ޢަމަލުގައި ބަރަކާތް ލައްވާ،ރޯދި ބަރަކާތް އިތުރު ކުރައްވާފާންދޭ..އާމީން