Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މިޝްކާ ނިޔާވުން: ހުރިހާ ކަމެއް ހިނގައިފައި ވަނީ ސިސްޓަމްގައި ހުރި މައްސަލަތަކުގެ ސަބަބުން

މިޝްކާ ނިޔާވުން: ހުރިހާ ކަމެއް ހިނގައިފައި ވަނީ ސިސްޓަމްގައި ހުރި މައްސަލަތަކުގެ ސަބަބުން

ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުޙައްމަދަށް ފަރުވާ ދިނުމުގައި އިހުމާލުވި ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށާއި، އެކަށީގެންވާ ވަގުތުގައި މިޝްކާއަށް އެޓެންޑު ވި ނަމަ މި ހާދިސާ ނުހިނގާނެ ކަމަށް މިނިސްޓްރީ އޮފް ހެލްތުން ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް ހެލްތުން މިހެން ވިދާޅުވެފައި ވަނީ މިޝްކާގެ މަރާ ގުޅޭގޮތުން އެ މިނިސްޓްރީން ނެރެފައިވާ ކޭސް ރިޕޯޓުގައެވެ.

ހެލްތުން ނެރުނު އެ ރިޕޯޓުގައި ވަނީ މި ކޭސްއާ ގުޅިގެން ފާހަގަ ކުރެވުނު ބައެއް ކަންކަން ވެސް ހިއްސާކޮށްފައެވެ.

Advertisement
Ooredoo — Square (box)

ސިއްޙީ ހިދުމަތް ފޯރުކޮށްދިނުމުގައި މިއީ އެމަޖެންސީ ހާލަތެއްކަން ކޯލު ސެންޓަރުންނާއި އެޗްއީއޯސީގައި މަސައްކަތް ކުރަމުންދާ މެޑިކަލް ރެސްޕޯންސް ޓީމް (ޑީއެމްއާރްޓީ) ބުނެފައި ނެތުމުން ފަރުވާއަށް ދިޔުމަށާއި ފަރުވާ ފޯރުކޮށްދިނުމަށް އެކަށީގެން ނުވާ ލަސްތަކެއް ވެފައިވާކަމަށް ހެލްތުގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

މިކަމާ ގުޅިގެން ލިބިފައިވާ ކޯލް ލޮގްތަކަށް ބަލާއިރު ކުއްޖާގެ ހާލަތުގެ ސީރިއަސްކަމާއި އެހީއަށް ބޭނުން ވެފައިވާ އަވަސް މިންވަރު ކޯލް ސެންޓަރުން ދެނެގަނެވިފައި ނުވާކަން ވެސް ހެލްތުން ވަނީ ފާހަގަ ކޮށްފައެވެ. މީގެ އިތުރުން ޑީއެމްއާރްޓީގެ ޑޮކްޓަރަށް އެ ކޭސްއަކީ އާޖެންޓު ކޭސް އެއްކަން ދެނެގަނެވިފައި ނުވާތީ، އެމްބިއުލޭންސް ޓްރިގާކުރަން މަސައްކަތް ކޮށްފައި ނުވާ ކަމާއި އިތުރު ކޮންސަލްޓޭޝަނަކަށް ކްލިނިކަލް މެޑިކަލް ރެސްޕޯންސް ޓީމް (ސީމެޓް) މެސެޖު ފޮނުވާފައިވާކަން ވެސް ފާހަގަ ކޮށްފައިވެއެވެ. އަދި ސިއްޙީ ޚިދުމަތް ދޭ ފަރާތެއްގެ ހައިސިއްޔަތުން ސިއްޙީ ހިދުމަތް ބޭނުންވާ ފަރާތަކަށް އެ ހިދުމަތް ފޯރުކޮށް ދިނުމުގެ ޒިންމާ ޑީއެމްއާރްޓީގެ ޑޮކްޓަރު އަދާ ކޮށްފައި ނުވާ ކަމަށް ވެސް ހެލްތުން ވަނީ އެއްބަސްވެފައެވެ.

މީގެ އިތުރުން އެ ރިޕޯޓުގައި މިނިސްޓްރީ އޮފް ހެލްތުން ބުނީ އެޗްއީއޯސީން އެންމެ ފުރަތަމަ ކުއްޖާގެ މައުލޫމާތު ނަގަން ގުޅިއިރު ބެލެނިވެރިޔާ ކޮންސަލްޓޭޝަނަކަށް އެދިފައިވީ ނަމަވެސް އެ ސެންޓަރުގައި ބޭނުން ކުރާ "އައުޓް ބްރޭކް" ސިސްޓަމަށް ކުއްޖާގެ މައުލޫމާތު އެޅިއިރު ކޮންސަލްޓޭޝަނެއް ބޭނުންކަން ފާހަގަ ކޮށްފައި ނުވާ ކަމަށާއި ބެލެނިވެރިޔާއަށް ގުޅިއިރު އެއްވެސް ވަރަކަށް ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްކަން ފާހަގަކޮށްފައި ނުވާ ކަމަށެވެ.

މި ކޭސްއާ ގުޅިގެން އެޗްއީއޯސީން ފާހަގަ ކޮށްފައިވާ ބައެއް ކަންކަމުގެ ތެރޭގައި އެ ސެންޓަރުގެ އެކި ކްލަސްޓާތަކުގެ މެދުގައި ކޯޑިނޭޓް ކުރާ ޕްރޮސެސް ފްލޯތަކާއި އެސްއޯޕީތަކާއި އެކިއެކި އުސޫލުތަކުގައި މައްސަލަ ހުރިކަން ފާހަގަ ކުރެވޭ ކަމަށެވެ. އެހެންކަމުން އެކަށީގެންވާ ވަގުތުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ލަސްވެފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

މި ރިޕޯޓު ނިންމާލަމުން ހެލްތު މިނިސްޓްރީން ވިދާޅުވެފައި ވަނީ މި ހާދިސާގައި އެޓެންޑުވާން ޖެހޭ ފަރާތްތަކުން ފަރުވާތެރިކަމާއެކު އެކަށީގެންވާ ވަގުތުގެ ތެރޭގައި އެޓެންޑުވެފައިވާ ނަމަ މި ހާދިސާ ހިނގުމަކީ ނާދިރުކަމެއް ކަމަށެވެ. އެހެންކަމުން މިފަދަ ހާދިސާއެއް ތަކުރާރު ވިޔަ ނުދިނުމަށް ފާހަގަވެފައިވާ ކަންކަން އިސްލާހު ކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

އަދި ހެދިފައިވާ ރިވިއުއިން ލިބިފައިވާ މައުލޫމާތަށް ބެލުމަށް ފަހު ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާ މެދު މިނިސްޓްރީ އޮފް ހެލްތުން ފިޔަވަޅު އެޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

<a href="http://health.gov.mv/Uploads/Downloads//Informations/Informations(386).pdf">http://health.gov.mv/Uploads/Downloads//Informations/Informations(386).pdf</a>

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް