ޚަބަރު

ރާއްޖޭގައި 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރައިލައިފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ރާއްޖޭގައި 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށް، މަރައިލައިފިއެވެ.

Ads by STELCO

ފުލުހުން ވިދާޅުވީ، މީގެ ދެ ދުވަސް ކުރިން (20 ޖޫން 2021)ގައި ކުއްޖަކު ރަހީނު ކުރި ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިގެން އެ މަައްސަލަ ބަލަން ފެށި ކަމަށެވެ. އަދި 22 ވަނަ ދުވަހުގެ ރޭ 02:38 ގައި އެކުއްޖާ މަރައިލައިފައި އޮއްވާ ފެނުނު ކަމަށް ފުލުހުން ހާމަކުރެއެވެ.

"ދެން"އަށް މަޢުލޫމާތު ލިބިފައިވާ މިކުއްޖާގެ ހަށިގަނޑު ފެނިފައި ވަނީ ހުޅުމާލޭ ފޭސް 2 ސަރަހައްދުން މޫދުންނެވެ. އަދި މިކުއްޖާގެ ހަށިގަނޑު އޮތީ ފޮއްޓަކަށް ލައިފައި ކަމަށް މަޢުލޫމާތު ލިބެއެވެ. މިހާރު އެކުއްޖާގެ ހަށިގަނޑު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެކުއްޖާ ފެނުނުއިރު ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެފައި ކަމަށް މަންޒަރު ދުށް ފަރާތަކުން "ދެން"އަށް ވަނީ ބުނެފައެވެ.

މިމައްސަލައިގައި މިހާތަނަށް ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ 17 އަހަރުގެ ފިރިހެން ކުއްޖަކާއި 23 އަހަރުގެ ފިރިހެނެކެވެ.

Ads by Allied Insurance
  1. އިންމަ

    މަރުގެ އިންސާފު ހޯދުމައް ރައްޔިތުން ނުކުންނަ ހިސާބައް ދާންޖެހިއްޖެ