ޚަބަރު

ކުއްޖާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ޒިހާންއަކީ މަސްތުވާތަކެތީގެ ރިކޯޑް އޮންނަ މީހެއް

ދެން އެމްވީ ، ދެން އޮންލައިން

އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރައިލި މައްސަލައިގައި ހައްޔަރުކޮށްފައިވާ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާންއަކީ މަސްތުވާތަކެތީގެ ރިކޯޑް އޮންނަ މީހެއްކަން ހާމަވެއްޖެއެވެ.

Ads by STELCO

ފުލުހުން މިހައިތަނަށް ބުނެފައި ވަނީ މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 27 އަހަރުގެ މީހަކާއި 17 އަހަރު ފުރިފައިވާ ކުއްޖެއް ކަމަށެވެ. އޭގެ ތެރެއިން 27 އަހަރުގެ މީހާއަކީ ޒިހާން ކަމަށާއި އޭނާ ހައްޔަރު ކޮށްފައި ވަނީ ގެސްޓްހައުސްއެއްގެ ތެރެއިންކަން "ދެން"އަށް ވަނީ މައުލޫމާތު ލިބިފައެވެ.

މީގެ އިތުރުން "ދެން" އަށް އެނގިފައިވާ ގޮތުގައި ޒިހާންއަކީ އެކި ކުށްތަކުގެ ރެކޯޑު އޮންނަ މީހެކެވެ. މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާ ވަނީ ދާދި ފަހުން ޖަލަށް ލައިފައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ. ޖަލުން އޭނާ ދޫކޮށްލީ ތަންފީޒު ކުރަމުން ދިޔަ ހުކުމުގެ މުއްދަތު ފުރިހަމަވުމުން ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އެނގިފައިވާ ގޮތުގައި، މި މައްސަލައިގައި ހައްޔަރުކުރި ޒިހާންއާއި ކުޑަކުއްޖާ، މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ތިބީ ހެންވޭރު ދުނބުރިމަގުގައި ހުންނަ އެކްސްޓްރާ ހެވަން ކިޔާ ގެސްޓް ހައުސްގައެވެ. ނަމަވެސް އެތަނުގެ ކޮޓަރިއެއް އެމީހުން ކުއްޔަށް ހިފީ އެހެން މީހެއްގެ ނަމުގައިކަން ވެސް އެނގިފައިވެއެވެ.

އުމުރުން 13 އަހަރުގެ އެ ކުއްޖާ ގެއްލިގެން އޭނާގެ އާއިލާއިން ރިޕޯޓު ކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ކުއްޖާ މަރައިލައިފައި އޮއްވާ މޫދުން ފެނިފައިވާއިރު، އޭނާއަށް އަނިޔާ ކޮށްފައިވާ ކަމުގެ ނިޝާންތައް ހަށިގަނޑުން ފެންނަން ހުއްޓެވެ. އެގޮތުން ކަރުގައި ވެސް ވަރަށް ބާރަށް އެއްޗެއް އައްސައިފައިވާ ކަމުގެ ނިޝާންތައް ވެސް ހުރި ކަމަށް ވެއެވެ. އެ ކުއްޖާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމްއެއް ހަދަން ރާއްޖެއިން ބޭރަށް މިއަދު ގެންދިޔުމަށް ވެސް ވަނީ ނިންމައިފައެވެ.

Ads by PNC
  1. މުހައްމަދު

    ތުނބުޅިލާފަ މިތިބޭމީހުންނަށްދޯ މިކަހަލަ ކަންތައް ކުރަން މި ކެރެނީ.

    • ގަމު މީހާ

      ބްރޯ މިހާރު ފެޝަނައް ތުނބުޅި ދިގުކުރާކަން ނޭންގޭތަ..
      ކޮންމެ ކަމެއްގަވެސް ހަރުކަށި ފިކުރުގެ ނަމުގަ އިސްލާމް ދީނައް ފާޑެއް ކިޔާލެވޭތޯ ތިބަލަނީ..

      • މައުމޫން

        ދީނަކަށް ފާޑެއް ނުކިޔާ މީހާ އަށް ފާޑު ކިޔަނީ

    • ހޭބަކ ިތުނބުޅީގެވެސް އެތައް ވައްތަރެއް ހުރޭ. މިހާރު ގިނައީވެސް ލާދީނ

      ތުނބުޅީގެވެސް އެތައް ވައްތަރެއް ހުރޭ. މިހާރު ގިނައީވެސް ލާދީނީ ު