ގަސްދުގައި ލާދީނީ ޓެގް އެޅުވުން ގާނޫނަކުން މަނާ ކުރުމަކީ ލާޒިމު ކަމެއް: ޑރ.ޝަހީދު

މީހުންގެ ފުރާނައަށް ގެއްލުންވާ ގައުމެއްގައި ލާދީނީ ޓެގް އެޅުވުން ގާނޫނަކުން މަނާ ކުރުމަކީ ލާޒިމްކަމެއް ކަމަށް ކުރީގެ ފޮރިން މިނިސްޓަރ ޑރ. އަހްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުމާއި، ސިފަކުރުމުގައި ބައިވެރި ވުމާއި މުސްލިމަކަށް ކާފަރެއްކަމުގެ ތުހުމަތު ކުރުމަކީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުށައެޅުއްވި ބިލަށް އިޝާރާތް ކުރައްވައި ޑރ. ޝަހީދު ވިދާޅުވީ މީހުންގެ ފުރާނައަށް ގެއްލުން ވާ ގައުމެއްގައި ލާދީނީ ޓެގް އެޅުވުން ގާނޫނަކުން މަނާ ކުރުމަކީ ކުރުން ލާޒިމު ކަމެއް ކަމަށާއި ނަމަވެސް ޖިނާއީ ކުށަކަށް ހެދޭނީ އެފަދަ މަގުސަދެއްގައި ދެއްކި ވާހަކައަށް އެކަނި ކަމަށެވެ.
އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުމާއި، ސިފަކުރުމުގައި ބައިވެރި ވުމާއި މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުުރުމަކީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ފާސް ކުރުމާ ދެކޮޅަށް ގިނަ ބަޔަކު ދަނީ އަޑުއުފުލަމުންނެވެ.




.webp)

ކޮމެންޓް