Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މަހްލޫފްގެ މައްސަލަ ދަނީ އިތުރަށް ދިރާސާ ކުރަމުން: އޭސީސީ

މަހްލޫފްގެ މައްސަލަ ދަނީ އިތުރަށް ދިރާސާ ކުރަމުން: އޭސީސީ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ޚިޔާނާތުގެ ތުހުމަތުގައި ސަސްޕެންޑު ކޮށްފައިވާ ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފްގެ މައްސަލަ އިތުރަށް ދިރާސާކުރަން ޕީޖީ އޮފީހުން އަންގަައިފައިވާތީ އެ މަސައްކަތް ކުރަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަހުލޫފުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އޭސީސީން ދެފަހަރެއްގެ މަތިން ޕީޖީ އޮފީހުގައި އެދިލެއްވިއެވެ. ނަމަވެސް އިދާރީ ބައެއް ކަންކަން ހުރުމުން ޕީޖީ އޮފީހުން ވަނީ އެ ކަންކަން ރަނގަޅު ކުރުމަށް އެ ކޮމިޝަންގައި ދެ ފަހަރު ވެސް އެދިލައްވައިފައެވެ.

އެނގިފައިވާ ގޮތުގައި އޭސީސީން މިހާރު ވެސް ކުރަމުން ދަނީ ކުރިން ވެސް މައްސަލައާ ގުޅިގެން ފުރިހަމަ ކުރަން އެންގި ކަންކަމެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން ޕީޖީ އޮފީހުން ވެސް އަދި އޭސީސީން ވެސް އަދި އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.

Advertisement
Ooredoo — Truecaller (box)

ޕީޖީ އޮފީހުން ރަނގަޅު ކުރަން އެދިފައިވާ ކަންކަން ފުރިހަމަ ކުރާނެ ކަމަށާއި އެކަމަކު ޕީޖީ އެދިވަޑައިގަންނަވާ މައުލޫމާތު އެ އޮފީހަށް ފޮނުވޭނެ ވަކި ދުވަހެއް ބުނަން ނޭނގޭ ކަމަށް ވެސް އޭސީސީން ވިދާޅުވެފައި ވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް