Wednesday, 4 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޖަމާއަތުގައި ނަމާދުކުރުން މަނާކޮށްފައި އޮއްވާ ޖަމާއަތުގައި ބަޔަކު ހުކުރު ކޮށްފި

ޖަމާއަތުގައި ނަމާދުކުރުން މަނާކޮށްފައި އޮއްވާ ޖަމާއަތުގައި ބަޔަކު ހުކުރު ކޮށްފި

ކޮވިޑް-19އިން ރައްކައުތެރިވުމަށް މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މަނާކޮށްފައި ވަނިކޮށް، މާލެ ސަރަހައްދުގެ ބައެއް މިސްކިތްތަކުގައި މިއަދުގެ ހުކުރު ކޮށްފިއެވެ.

"ދެން"އަށް އެނގިފައިވާ ގޮތުގައި މާލޭގެ ފުރުގާން މިސްކިތުގައި އަދި ހުޅުމާލޭގެ މަސްޖިދުލް އުމަރު ބިން އަލް ހައްތާބުގައި ވަނީ ހުކުރު ކޮށްފައެވެ. މީގެ އިތުރުން ވެސް ބައެއް މިސްކިތްތަކުގައި ހުކުރު ނަމާދު ކޮށްފައިވާއިރު މަންޒަރު ދުށް މީހުން "ދެން"އަށް ބުނި ގޮތުގައި ގިނަ ބަޔަކު ވަނީ ޖަމާއަތުގެ ނަމާދުގައި ބައިވެރިވެފައެވެ.

ޖަމާއަތް ހަދައިގެން ހުކުރު ނަމާދު ކޮށްފައި ވަނީ މެންދުރު ނަމާދަށް ފަހު ހުތުބާ ވެސް ކިޔައިގެންނެވެ. ނަމަވެސް ފުލުހުން އެ މީހުން ހުއްޓުވި ކަމެއް އެނގިފައެއް ނުވެއެވެ.

Advertisement
Allied Insurance — Square (box)

މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ މައުލޫމާތެއް މިނިސްޓްރީއަށް ވެސް ލިބިފައިވާ ކަމަށާއި އަދި އެކަން މިނިސްޓްރީން ވެސް ބަލަމުން ދާ ކަމަށެވެ.

ކޮވިޑް-19ގެ ކޭސްތައް މާލެ ސަރަހައްދުގައި އިންތިހާއަށް ގިނަވުމުގެ ސަބަބުން މިސްކިތްތައް ބަންދު ކުރަން އިސްލާމިކް މިނިސްޓްރީން ނިންމީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް އާންމުންގެ ފާޑުކިޔުންތަކުގެ ސަބަބުންނާއި އިލްމުވެރިންގެ ކަންބޮޑުވުންތަކެއް ހުރުމުން މިސްކިތްތައް ވަނީ ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް ހުޅުވައިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް