އިޚްލާސްތެރި ޢިލްމުވެރިންގެ ވާޖިބަށް ހުރަސް އެޅިގެން ނުވާނެ: ޝެއިހް އަލީ ޒާހިރު
ދީނީ ގޮތުން ޤައުމަށް ނުރައްކަލެއް ކުރިމަތި ވެދާނެކަމަށް ޤަބޫލު ކުރެވޭ ނަމަ އެކަމާ މެދު ވާހަކަ ދައްކާ ނަސޭޙަތް ތެރިވެ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް އެކަމެއް ގެންނަން އެންމެ އެކަށީގެންވާ ބަޔަކީ ޢިލްމުވެރިން ކަމަށާއި އިޚްލާސްތެރި ޢިލްމުވެރިންގެ ވާޖިބަށް ހުރަސް އެޅިގެން ނުވާނެކަމަށް ޝެއިހް އަލީ ޒާހިރު ބިން ސައީދު ގާސިމް ވިދާޅުވެއްޖެއެވެ.
މި މަހުގެ ފުރަތަމަ ދުވަހު ޖަމިއްޔަތުން ސަލަފުގެ އިސް އޮފިޝަލެއް ކަމުގައި މުޖްތަބާ ކުރައްވާފައިވާ ޓްވީޓެއްގައި މަޖިލީހަށް ހުށައެޅޭ ބައެއް ބިލްތަކާ މެދު ކަންބޮޑުވުން ފާޅުކޮށް އަދި އެފަދަ ބިލަކަށް ވޯޓްދޭއިރު ވިސްނަވަން އެދިވަޑައިގެން މެންބަރުންނަށް ނަސޭހަތްތެރިވެވަޑައިގަންނަވާފައިވުމުން އޭނާ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައި ވެއެވެ.
"ދީނީ ގޮތުން ޤައުމަށް ނުރައްކަލެއް ކުރިމަތި ވެދާނެކަމަށް ޤަބޫލު ކުރެވޭ ނަމަ އެކަމާ މެދު ވާހަކަ ދައްކާ ނަސޭޙަތް ތެރިވެ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަމެއް ގެންނަަން އެންމެ އެކަށީގެންވާ ބަޔަކީ ޢިލްމުވެރިން. އިޚްލާސްތެރި ޢިލްމުވެރިންގެ ވާޖިބަށް ހުރަސް އެޅިގެން ނުވާނެ" ޝެއިހް ޒާހިރުގެ ޓްވީޓްގައި ވިދާޅުވިއެވެ.
މުޖްތަބާ ފުލުހަށް ހާޒިރު ކުރިކުރުން ސަލަފް ޖަމްއިއްޔާއިން ވަނީ ކުށްވެރިކޮށް އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެއީ ބިރުދެއްކުމުގެ ގޮތުން ކޮށްފައިވާ ކަމެއްކަމަށް ވެސް ސަލަފުން ވަނީ ބުނެފައެވެ.
ކޮބާ ބއިހުލާސްތެރިންނަކީ އެކަން މިހާރުވަނީ މިގައުމުގަ އޮޅިފަ ހާއްސަކޮށް ދީނީ ތާކިހާ އަޅައިގެން ތިބި ސޭހުން