ޚަބަރު

ބަޣާވާތުން ލިބުނު ނިކަމެތިކަމުން އަދިވެސް އަރައިނުގަނެވޭ: ދޮންބިލަތް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

2008 ވަނަ އަހަރު ބަޣާވަތްކޮށްގެން ރާއްޖޭގެ ވެރިކަން ބަދަލުކުރި ކުރުމުުން އަދިވެސް އަރައިނުގަނެވޭ ކަމަށާއި، ވާދަކޮށްގެން ބަލި ނުކުރެވޭނެކަންް އެނގުމުން މިހާރު ދިމާކޮށްފައި ހުރީ ޖިސްމާކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް (ދޮންބިލަތް) ވިދާޅުވެއްޖެއެވެ.

Ads by STELCO

އެމްޑީޕީއަށް 16 އަހަރު ފުރުމާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން މިއަދު ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ދޮންބިލަތް ވިދާޅުވީ މި ރާއްޖޭގައި ގައުމެއްގެ ސިފަޖެއްސީ އެމްޑީޕީން ކަމަށާއި އެކަން އިދިކޮޅު ވާދަވެރިންނަށް ހަޖަމު ނުވެ ބަޣާވާތްކޮށްގެން ވެރިކަން ބަދަލުކުރި ކަމަށެވެ.

"އެމްޑީޕީގެ ސަރުކާރުން މި ރާއްޖޭގައި ގައުމެއްގެ ސިފަ ޖެއްސުމަށް ކުރި މަސައްކަތް ހަޖަމު ނުވެގެން ވާދަވެރި ފަރާތްތަކުން 2008ވަނަ އަހަރު ބަޣާވާތަކުން ވެރިކަން ބަދަލު ކުރި ކުރުމުން އަދިވެސް އަޅުގަނޑުމެންނަށް އަރައި ނުގަނެވޭ" ދޮންބިލަތް ވިދާޅުވިއެވެ.

ދޮންބިލަތް ވިދާޅުވީ މިއަދު އެމްޑީޕީގެ 16ވަނަ އަހަރީ ދުވަސް ފާހަގަ ކުރާއިރު ރައްޔިތުންނަށް އިޖްތިމާއީ ރައްކާތެރިކަން ލިބިފައިވާކަމަށާއި އަނގަހުޅުވުމުގެ ބާރާއި ފުރުސަތު ފުޅާވެފައިވާ ކަމަށެވެ. އަދި ސިޔާސީ ބަސްކިޔާނެ ވަކި ފަރާތެއް ނެތި އާއްމު ރައްޔިތުންނަށް އެއްމިންގަނޑެއްގައި ބަސް ކިޔުމުގެ ފުރުސަތު ލިބުމަކީ އެމްޑީޕީއަށް ތާއިދު އިތުރުވާކަމެއް ކަމަށާއި އެމަންޒަރު ފެނި ވާދަ ކޮށްގެން އެމްޑީޕީ ބަލި ކުރެވޭނެ ގޮތެއް ނެތިގެން ދެން ހެދި ގޮތް މިދިޔަ މަހު 6 ވަނަ ދުވަހު ފެނިގެން ދިޔަ ކަމަށެވެ.

"ރައީސް މުހައްމަދު ނަޝީދު އެވަނީ މަރައިލައިފަ. އަޅުގަނޑު ސިފަކުރަނީ އެއީ މަރާލުންކަމަށް. ޕާޓީ އުފެއްދި އިރަށް ވުރެ ވަކި ނުރައްކާ ކުޑައެއް ނޫން. ވާދަކުރެވޭނެ ގޮތެއް ނެތުމުން މިހާރު މި ދިމާކުރަނީ ޖިސްމާ. އިންސާނާ މަރާލަން. އަޅުގަނޑުމެން މަރާލަން. މިއީ އަޅުގަނޑު ކަންބޮޑުވާކަމެއް" ދޮންބިލަތް ވިދާޅުވިއެވެ.

އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަސް ފާހަަގަ ކުރަމުން ދާއިރު ޕާޓީގެ އެއްބައި ވަނީ ކަޅުވެފައި ކަމަށާއި މިއީ ހިތާމަވެރި ދުވަހެއްކަމަށް ވެސް ދޮންބިލަތް ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ދޮންބިލަތް ވިދާޅުވީ އެމްޑީޕީގެ ވެރިކަމަކީ މިރާއްޖެއަށް ލިބުނު ކުރިއެރުމެއް ކަމަށާއި ރާއްޖޭގައި ގައުމެއްގެ ސިފަ ޖެއްސީ އެމްޑީޕީން ކަމަށެވެ. މިގޮތުން ޓެކްސްގެ ނިޒާމް ގާއިމް ކުރެވުނު ކަމަށާއި މިނިވަން މުއައްސަސާތައް ގާއިމު ކުރެވިގެން ދިޔަކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ލާމަރުކަޒީ ނިޒާމު ގާއިމުކޮށް ރައްޔިތުން ޝާމިިލްކޮށްގެން ވެރިކަން ހިންގަން ފެށީ ވެސް އެމްޑީޕީން ކަމަށް ހަލީމްގެ ވާހަކައިގައި ފާހަގަކުރިއެވެ

އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހާ ގުޅިގެން މިއަދު އެ ޕާޓީން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ އެ ޕާޓީގެ އަޒުމާ، ހިތްވަރާއި ސާބިތުކަމަށް ގުޑުން ގެނައުމަށް ޓަކައި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ޙަމަލާއަށް ފަހު ވެސް، އެމަނިކުފާނާއި އެ ޕާރޓީ އަބަދު ވެސް ދެމި އޮންނާނީ، އެމްޑީޕީ ބިނާވެގެންވާ އަސްލުތައް ނަގަހައްޓައި ކުރިއެރުވުމަށާއި ރައްޔިތުންނަށް ޙައްޤު މިންވަރު ހޯދައިދިނުމަށް ކަމަށެވެ.

Ads by Allied Insurance
  1. ޢަލީ

    ލޯކަލް އިންތިޚާބުގަވެސްވީބަލި. ދެން ތިބުނީވެސް ހެޔޮކޮށް މިގައުމުގަ އެންމެ ގިނަ ބަޣާވާތް ކޮށް އެތައް ބަޔަކު ޝަހީދު ކޮށްފާ އޮންނާނީ ވެސް ކެރަފާ/ކެނެރީ……މިއީ ތާރީޚު………!ސާބިތު..އޭގެ ތެރޭގަ ޢަބުދުލް ގުއްދޫސް ކިޔާ މީހަކު ހިމެނޭ.

  2. ބިރުބޮޑު

    މިރާއްޖޭގައި ބަޣާވަތް ކުރާބަޔަކީ ތާއަބަދުވެސް ކެރަފާ ބަޣަޅައިންގެ މީހުން މުނިކާފައަށް ދާންދެން ވަރަށްސާފް

  3. ޖާނޭ

    ބިލެތް މިހާުރު ބާޒާރުގައި މަދެވެ. އަގު ބޮޑެވެ. މިހާރު މަދުވެން ނުވަތަ އުނިވެގެން ތިޔަ އުޅެނީ ދަބަހުގައި ހުރި ދިޔާއެއްޗެތި ހުއްދަ ކުރުމަށް ޤާނޫނެއް ނުހެދިގެން

    • ފީބިލެތް

      ބިލެތް ދިޔަތަ އެއި އަނެއްކާ. ބޭހަށް ބޭނުން ކުރަން ރަގަޅުވާނެ. ބޮލު ފާރަށް.

  4. ބަޣާވާތަކުން ނޫން ވާނުވާ ނޭނގި ހުރެއިސްތިއުފާ ދެވުނީ، ހޭވެރި ކަންވީމަ އެނގުނީ މިހުރީ ވެރި ކަން ދޫކޮށްލެވިފައި ކަންވެސް އެއީވެސް މާރިޔާ ވިސްނައިދިނީމަ ، ސިފައިންގެ ތެރޭގަ އެދުވަހު އުޅުނު ގޮތުގެ ވީޑިއޯ އެހުރީ ފެންނަން . ވިސްނުމެއް ނެތި ކުރި ކަމަކުން މުޅި އުމުރަށް ދިޔަދަނީ ބަޣާވާތެކޭ ގޮވަމުން.